މައިކް، ނަދާ ސެލޫންގެ ހެއަރ ޑިރެކްޓަރ

ހަބަރު

"ވާވެއިން ގްލޯ" އިން އައްޑޫސިޓީގައި ސެލޫން މޯލްޑިވްސްގެ ޕްރޮޑަކްޓްތައް ލޯންޗްކުރަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޭޕުރިލް 2024 , އަންގާރަ 15:28   1308

ރާއްޖޭގެ ނަން މަޝްހޫރު ސެލޫން ޕްރޮޑަކްޓްތަކާއި ޚިދުމަތްދޭ ކުންފުނި، ސެލޫން މޯލްޑިވްސް ގެ ޕްރޮޑަކްޓްތައް އައްޑޫސިޓީގައި ލޯންޗްކުރުމަށް ތައްޔާރުވެއްޖެއެވެ.

ސެލޫން މޯލްޑިވްސް އިން މި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ފޯރުކޮށްދޭނީ އައްޑޫސިޓީ ހިތަދޫ، ސިޓީ ބާޒާރުގައި ހުންނަ "ވާވެއިން ގްލޯ" ސެލޫން އާއިގުޅިގެންނެވެ. ވާވެއިންގްލޯ އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ހެއަރ އަދި ބިއުޓީ އާއިގުޅޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ސެލޫންއެކެވެ.

މާދަމާ ހަވީރު، އައްޑޫސިޓީ ހިތަދޫ، ސިޓީ ބާޒާރުގައި އޮންނަ މިޙަރަކާތް އޮންނާނީ ހަވީރު 4.30 އިން 5.45 އަށް ކަމަށް އެ ސެލޫންގެ ފަރާތުން ޝަފްނާ އަހުމަދު، މަޢްލޫމާތު ދެއްވާފައިވެއެވެ.

ވާވެއިން ގްލޯ އިން، ސެލޫން މޯލްޑިވްސް އާއިއެކު ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، އެތަނުގެ ސްޓާފުންނަށް ވަނީ ޕްރޮފެޝަނަލް އަދި ބްރޭންޑްތަކުގެ ތަމްރީންތައް ފޯރުކޮށްދީފައެވެ. މި ތަމްރީންތަކުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ނަދާ ސެލޫންގެ ހެއަރ ޑިރެކްޓަރ މައިކް އެވެ.

ނަދާ ސެލޫން އަދި މައިކްގެ ވަރަށް ބޮޑު އެހީތެރިކަމެއް އެބަލިބޭ. އަޅުގަނޑުމެންގެ ސްޓާފުންނަށް މިލިބިގެންދިޔައީ ވަރަށް މުޙިއްމު ތަމްރީންތަކެއް. އަދި ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް އަޅުގަނޑުމެންނަށް ލިބުމަށް މަގުފަހިވެގެން މިދަނީ.

~ ޝަފްނާ އަހުމަދު

އިތުރަށް ޝަފްނާ ވިދާޅުވީ މާދަމާގެ އިވެންޓްގައި، ބައެއް ޕްރޮޑަކްޓްތަކުގެ ޑެމޯ ދެއްކުމާއި، ފަންނީ ބައެއް އިރުޝާދުތައް ޙިއްޞާކު ރެވިގެންދާނެކަމަށެވެ. އަދި ވަރަށް ޚާއްޞަ ޑިސްކައުންޓްތަކާއި، ގިވްއެވޭސް، އަދި ސަޕްރައިޒް އިނާމްތަކެއް ވެސް ހުންނާނެކަމަށެވެ.

މިލިޔުމާއިގުޅޭ:

މިލިޔުމާއިގުޅޭ:

ޙަރަކާތާއިގުޅޭ އިސްތިހާރު
ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ބިއުޓީ ޕާލާރ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.