ރައީސް ޔާމީން ހައިކޯޓުގެ އެންމެ ފަހުގެ އަޑުއެހުުގައި އިންވަނިކޮށް

ހަބަރު

މެންދުރު ޔާމީންއަށް ޙުކުމްއިއްވުން: ރައީސް މުޢިއްޒު ވިދާޅުވީ އުންމީދަކީ މިނިވަންވުންކަމަށާއި ކޯޓަށް ނުފޫޒުފޯރުވަނީ އެމްޑީޕީ އިންކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޭޕުރިލް 2024 , ބުރާސްފަތި 11:28   449

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައިކޯޓް އަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލައިގައި މިއަދު މެންދުރުފަހު ޙުކުމް އިއްވަން ތާވަލްކޮށްފިއެވެ.

މިމައްސަލައިގައި އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު ނިންމާލާފައިއޮވެ، އަޑުއެހުން ލަސްވުމުގެ ޝަކުވާ ރައީސް ޔާމީންގެ ފަރާތްޕުޅުން އަންނަނީ އުފުއްލަވަމުންނެވެ. އަދި މައްސަލައިގެ ތެރެއަށް ސަރުކާރުން އަތްބާނައި ނުފޯޒު ފޯރުވަމުންދާކަމުގެ ތުހުމަތު ވެސް އަންނަނީ ކުރައްވަމުންނެވެ. ނަމަވެސް، ސަރުކާރުން އެފަދަ ވާހަކަތައް އިންކާރުކުރައްވައެވެ.

މިމައްސަލަ އާއި ގުޅިގެން ރޭ ސަރުކާރު ހިމެނޭ ޕާޓީތަކުން ކުރިއަށް ގެންދެވުނު ޙަރަކާތެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ދަމާ ހުކުމް ކުރާ އިރު، "އެމަނިކުފާނު މިނިވަން ވުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމެއް" ކަމަށެވެ.

މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން.

~ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެމަނިކުފާނު ތުހުމަތުކުރައްވަނީ ޖުޑިޝަރީއަށް ނުފޯޒުފޯރުވަނީ އެމްޑީޕީ އިންކަމަށާއި، އެމަނިކުފާނު ނޫންކަމަށެވެ. އެކަމަށް ޢިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގައި އަސްލަމް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި ބޭނުންފުޅުވުމުން ކުއްލިގޮތަށް ޙުކުމް އިއްވުމުގެ މަރުޙަލާ އަވަސް ވެފައިވާކަމަށެވެ.

ޓެގްސް: އެމްއެމްޕީއާރުސީ ކަރަޕްޝަން ރައީސް ޔާމީން ޑރ. މުއިއްޒު ހައިކޯޓް ކޮރަޕްޝަން އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.