ދުވުންތެރިޔާ ޝަމްހާ އަހުމަދު، ޖަރުމަންގައި އޮތް ގްރެފްރެތް ރެއިލްވޭ އޯޕެންގައި ދުވަނީ

ހަބަރު

ޝަމްހާ އަނެއްކާވެސް ޤައުމީ ރިކޯޑް މުގުރާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 އޭޕުރިލް 2024 , ބުރާސްފަތި 12:41   527

ދިވެހިރާއްގެ ފަޚުރުވެރި ދުވުންތެރިޔާ ޝަމްހާ، 41، އަނެއްކާވެސް ޤައުމީ ރިކޯޑް މުގުރާލައިފިއެވެ.

ޝަމްހާ ޤައުމީ ރިކޯޑް މިފަރު މުގުރާލާފައިވަނީ ޖަރުމަން ވިލާތުގެ ގްރެފެތްގައި ބޭއްވުނު ގްރެފެތް ރެއިލްވޭ އޯޕެންގައި ވާދަކޮށް 5000 މީޓަރު ދުވުން 19:42:42 މިނެޓުން ނިންމާލައިގެންނެވެ.

މިރިކޯޑް މީގެ ކުރިން އޮތީ އާމިނަތު ޖާއިޝް ޖުނީޒް އަތުގައެވެ. އެއީ 19:43.09 މިނެޓެވެ. އެފަހަރު އެނާ ވާދަކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު ޤައުމީ މުބާރާތުގައެވެ.

2023 ވަނަ އަހަރު ޝަމްހާ ވަނީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި 10 ކިލޯމީޓަރުގެ ރޭސް 39 މިނިޓް 34 ސިކުންތުން ނިންމައިގެން ރާއްޖޭގެ އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް އާކޮށްފައެވެ.

ޓެގްސް: އެތްލެޓިކްސް އެތްލެޓިކްސް އެސޯސިއޭޝަން ޤައުމީ ރެކޯޑް ޝަމްހާ އަހުމަދު މެރަތަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.