އިލެކްޝަންސް ކަމިޝަނުން ބަހައްޓާފައިވާ ވޯޓުފޮށްޓެއް، އެންމެ ގިނައީ މިނިވަން ކެންޑިޑޭޓުން

ހަބަރު

93 ދާއިރާއަށް 386 ކެންޑިޑޭޓުންނާއިއެކު، މަޖިލީހުގެ ވޯޓުލުން މާދަމާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 އޭޕުރިލް 2024 , ހޮނިހިރު 11:10 1   490

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން މާދަމާ ރާއްޖޭގެ ހުރިހައި ހިސާބެއްގައި ވެސް އޮންނާނެކަމަށާއި އެކަމަށް ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެ ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބާއި ގުޅޭގޮތުން އީސީ އިން ބުނެފައިވަނީ އިންތިހާބުގައި ބަހައްޓާނީ ޖުމުލަ 602 ވޯޓު ފޮށިކަމަށެވެ. މީގެ ތެރެއިން 181 ވޯޓުފޮށު ބަހައްޓަނީ މާލޭގައެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 284،663 ލިބިފައިވެ އެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.

އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މީގެ ކުރީގެ އިންތިޚާބުތަކާއި ޚިލާފަށް މިއިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ޢަދަދު ވެރިކަންކުރާ ޕާޓީ އާއި ވެސް އަދި އިދިކޮޅު އެމްޑީޕީއަށް ވުރެ ވެސް ގިނައެވެ. ނަމަވެސް އަންހެން ކެންޑިޑޭޓުންގެ ޢަދަދު ވަނީ ނިސްބަތުން ދަށްވެފައެވެ.

މި އިންތިހާބުގައި ޖުމްލަ 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައި ވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.

މި ވޯޓާއި ގުޅިގެން އީސީ އެދިލެއްވުމާއި އެއްގޮތަށް މާދަމާ އާއި ޖެހިގެންއަންނަ ހޯމަ ދުވަހަކީ ބަންދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވައި ދެއްވާފައެވެ.

މާދަމާގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ. އަވަށްޓެރި އިންޑިއާ އަދި ލަންކާގައި ނަަމަ ހެނދުނު 8.30 އިން ހަވީރު 6 އަށެވެ. އަދި މެލޭޝިއާގައި ނަމަ ހެނދުނު 11 އިން ރޭގަނޑު 8.30 އަށެވެ. އީސީ އިން ބުނެފައިވަނީ ކަނޑައެޅިފައިވާ ވަޤުތަށްވުރެ ވަޤުތު އިތުރު ނުކުރާނެކަމަށެވެ.

އިންތިޚާބުގައި ހެނދުނު ހެނދުނާ ނިކުމެ ހުރިހާ ރައްޔިތުންވެސް ނިކުމެ ވޯޓު އެޅުމަށް އިސްކަން ދިނުމަށް އީސީ އިލްތިމާސްކުރައްވައެވެ.

އެހެން ކެންޑިޑޭޓެެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަފަދަ ކަމެއް ކުރާނަމަ ފޮޓޯ އާއި ވީޑިއޯ ވަޓްސްއެޕް މެދުވެރިކޮށް 7962129 އަށް ފޮނުވޭނެ އިންތިޒާމް އީސީ އިން ހަމަޖައްސަވާފައިވެއެވެ.

މި ލިޔުމާއިގުޅޭ:

ގިނަ ބަޔަކު ބޭނުންވަނީ ކަމުދާ ކެންޑިޑޭޓަކު ނެތްކަމުގެ އިޚްތިޔާރު އިންތިޚާބުތަކުގައި ނެގެން އޮންނަން - އެޗްއާރސީއެމް

މިފަހަރުގެ މަޖިލީސް އިންތިޚާބުގައި އެންމެ ހަގު ކެންޑިޑޭޓަކީ ހަމްދާ

މަޖިލީހުގެ 33 އިންސައްތަ ގޮނޑި އަންހެންނުންނަށް ޚާއްޞަކުރަން ބިލެއް، މިހާރުގެ އިންތިޚާބަކަށް އަސަރެއްނުކުރާނެ

އިލެކްޝަނުން ވޯޓަށް ތައްޔާރުވަނީ

ވޯޓު ބާޠިލްވާކަންކަން

ޓެގްސް: އިލެކްޝަންސް ކަމިޝަން މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.