19 ވަނަ މަޖިލީހަށް މިހާރުގެ ރައީސް އަސްލަމް ހޮވިވަޑައިގެންނެވީ އެންމެ 1100 ވޯޓާއިއެކު، އެއީ ޖުމްލަ ވޯޓުގެ އެންމެ 40 އިންސައްތަ ވޯޓު...

ހަބަރު

ގިނަ ބަޔަކު ބޭނުންވަނީ ކަމުދާ ކެންޑިޑޭޓަކު ނެތްކަމުގެ އިޚްތިޔާރު އިންތިޚާބުތަކުގައި ނެގެން އޮންނަން - އެޗްއާރސީއެމް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޭޕުރިލް 2024 , ބުރާސްފަތި 10:50   1292

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވަނީ، އިންތިޚާބުތަކުގައި ވޯޓުލާއިރު ކަރުދާސްކޮޅުގައި ކެންޑިޑޭޓުންގެ ތެރޭގައި ކަމުދާ ކެންޑިޑޭޓަކު ނެތް ކަމުގެ އިހުތިޔާރު (None of the above) އޮންނަންކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 56 އިންސައްތަ މީހުން ބުނެފައިވަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ކަމުނުދާކަމުގެ އިޚްތިޔާރު އޮތުމަށްކަމަށެވެ.

އެ އިޚްތިޔާރު ބޭނުން ނުވާކަމަށް ބުނެފައިވަނީ ސާވޭގެ ބައިވެރިންގެ ތެރެއިން 30 އިންސައްތަ މީހުންނެވެ. އަދި 14 އިންސައްތަ މީހުން ބުނެފައިވަނީ ވަކި އެއްޗެއް ބުނަން ނޭނގޭކަމަށެވެ.

ސާވޭ ރިޕޯޓުން ދައްކާގޮތުގައި މިފަދަ ބަދަލަކަށް އެންމެ ބޮޑަށް ބޭނުންވެފައި ތިބީ ޒުވާނުންނެވެ. މިކަމަށް ތާޢީދުކުރި މީހުންގެ ތެރެއިން 61 އިންސައްތަ މީހުންނަކީ ޒުވާނުންކަންވެސް އެނެއެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނެފައިވަނީ މި ސާވޭ އާއިއެކު ވަކި ގޮތެއް ބުނަން ނޭނގޭ މީހުންގެ ނިސްބަތް 14 އިންސައްތައިގައި ހުރުމުން، އިތުރަށް ރައްޔިތުން ހޭލުންތެރިކުރަން ޖެހިފައިވާކަން ވެސް ދޭހަވާކަމަށެވެ.

ފަހަކަށް އިސް، ޕާޓީތަކުން ކެންޑިޑޭޓުން ނެރޭއިރު އިދިކޮޅު ފަރާތްތަކުގެ ވޯޓު ބައިބައިކުރުމަށް ގިނަ ކެންޑިޑޭޓުންތަކެއް ނެރުމަށް ވެސް އަންނަނީ މަަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާތަކުން ދައްކާގޮތުގައި ބައެއް މެމްބަރުންނަށް ނިމިދިޔަ 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ލިބިވަޑައިގެންނެވި ވޯޓަށްވުރެ އިދިކޮޅުގެ ކެންޑިޑޭޓުންގެ ވޯޓުގެ ޖުމްލަ ބޮޑުކަން ފާހަކަކުރެވެއެވެ.

ހިތަދޫ އުތުރު ދާއިރާ މެމްބަރު، އަދި މީހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަށް 19 ވަނަ މަޖިލީސް އިންތިޚާބުގައި ވޯޓު ލިބިވަޑައިގެންނެވި ގޮތުގެ ތަފްޞީލް

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ، އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު އަސްލަމް އަކީ މިފަދަ ފާހަގަކުރެވޭ މިސާލުތަކުގެތެރެއިން މިސާލެކެވެ.

19 ވަނަ މަޖިލީސް އިންތިޚާބުގައި އަސްލަމް އާއިއެކު 4 ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، އަސްލަމް އަށް އެންމެ 1100 ވޯޓާއިއެކު ލިބިވަޑައިގެންނެވީ 40 އިންސައްތަ ވޯޓެވެ. އިދިކޮޅަށް ދެން ނިކުތް ކެންޑިޑޭޓުންގެ ވޯޓުގެ ޖުމްލަ އަކީ 1590 އެވެ. އެއީ ގާތްގަނޑަކަށް މުޅި ޖުމްލަ ވޯޓުގެ 60 އިންސައްތަ ވޯޓެވެ.

އެ އިންތިޚާބުގައި މިނިވަން 3 ކެންޑިޑޭޓަކު އަސްލަމް އާއި ވާދަ ކޮށްފައިވާއިރު، އެ ކެންޑިޑޭޓުންގެ ވޯޓުތައް އެއްކޮށްލުމުން ވެސް 54 އިންސައްތައަށް އަރައެވެ.

އަސްލަމް 4 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމަވުން ގެންދަވާއިރު، މިފަހަރުގެ އިންތިޚާބުގައި އޭނާ އާއިއެކު ޖުމްލަ 7 ކެންޑިޑޭޓަކު ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއެވެ. އޭގެތެރެއިން 4 ކެންޑިޑޭޓުންނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މިނިވަން ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިޚާބުގެ ގުރު ނެގުމަށްފަހު، ކެންޑިޑޭޓް ނަމްބަރު 3 ލިބިވަޑައިގެންނެވީ އަސްލަމްއަށް

މިލިޔުމާއިގުޅޭ:

އައްޑޫސިޓީ: ހިތަދޫ އުތުރަށް 7 ކެންޑިޑޭޓަކު ނިކުންނަނީ، ވާދަވެރިވާނެބާ؟

އަސްލަމް އާއި ރޮޒޭ ވިދާޅުވީ ބަޖެޓަށްވުރެ މުހިއްމީ ރައީސް ބޭރުކުރުންކަމަށް

އިންތިޚާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމް - އައްޑޫ އަސްލަމް

ރައީސްގެ އިތުބާރުގެ މައްސަލައިގައި ކޯރަމްހަމަނުވުމުން މެމްބަރު އަސްލަމް ކޯފާވެއްޖެ

އައްޑޫ އަސްލަމް، ރަނިންމޭޓަކާއި މެދު ގޮތެއް ނުނިންމޭތީ ކޭމްޕޭނާއި ދުރަށް

ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް މެމްބަރުން ދަނީ މަސައްކަތްކުރަމުން: އެމްޕީ އަސްލަމް

ވިޕްލައިން އާއި ޚިލާފުވާނަމަ ޓިކެޓް ނުދޭން މަސައްކަތްކުރާކަމަށް ޕީޖީ ލީޑަރ އަސްލަމް ވިދާޅުވެއްޖެ

ޓެގްސް: އެމްޕީ އަސްލަމް އެޗްއާރުސީއެމް އިންތިޚާބު އިލެކްޝަންސް ކަމިޝަން މަޖިލީސް އިންތިޚާބު ޢާއްމުންގެ ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.