އެމްޑީޕީ އިން މިހާރު ބުނަނީ އާ ސަރުކާރަށް އެއްބާރުލުން ނުދެއްވާނެކަމަށް، މަޖިލީސް ރައީސް ބޭރު ނުކުރާނަމަ

ހަބަރު

އަސްލަމް އާއި ރޮޒޭ ވިދާޅުވީ ބަޖެޓަށްވުރެ މުހިއްމީ ރައީސް ބޭރުކުރުންކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 އޮކްޓޯބަރ 2023 , ބުރާސްފަތި 11:25   327

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އިން މަޖިލީހަށް ދެވަނަ ފަހަރަށް ވައްދާފައިވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ (ޕީޖީ) ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ ހުށަހެޅިފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލައަށް ވުރެ މުހިއްމުކަން ބޮޑީ ރައީސް ބޭރުކުރުންކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ކުރިން މައްސަލަ އަނބުރާ ގެންދެވީ ވެސް އަލުން ވާހަކަ ދައްކައިގެން އިތުބާރު ހޯއްދެވިދާނެކަމަށް ބައްލަވާފައެވެ.

ނަމަވެސް، ރައީސް ސޯލިޙް ވެސް އިއްޔެ ވިދާޅުވީ ރައީސް ނަޝީދަކީ އެއްގޮތަކަށް ވެސް އިތުބާރުކުރެއްވޭ ބޭފުޅެެއް ނޫންކަމަށެވެ.

އެމްޑީޕީ އިން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ރައީސް ނަޝީދު ތާޢީދު ހޯއްދެވޭ ގޮތް ނުވިއެވެ. އަދި އިންތިޚާބަށްފަހު ޕާޓީގެ އިސް ބައެއް ފަރާތްތަކުން ބުނެފައިވަނީ، ޕާޓީއަށް ވެރިކަން ގެއްލުނީ ރައީސް ނަޝީދާއިއެކު ދެކެވުނު ވާހަކަތައް ފޭލިވުމުން ކަމަށެވެ.

އިއްޔެ ނޫސް ވެރިންނާއި ވާހަކަ ދައްކަމުން އަސްލަމް ވަނީ މަޖިލީހުގެ ޤަވާޢިދުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ޕާޓީ އެކަމާއި ގުޅޭ އިސްލާޙްތަކެއް ވެސް ހުށަހަޅުއްވާފައިވާކަމަށެވެ.

މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގެންފައިވަނީ މަޖިލީހުގެ އިދާރާއިން ކައުންސިލަރ ޖެނެރަލްއެވެ. މަޖިލީހުގެ އިދާރާއަށް ސިދާކޮށް އެމްޑީޕީ އިން ފާޑުވިދާޅުވެފައި ނުވެއެވެ.

އެމްޑީޕީގެ ޕީޖީ އިން ބޭނުންވަނީ އިންތިޚާބީ ރައީސް ހުވާކުރުމުގެ ކުރިން މައްސަލައަށް ޙައްލު ހޯދުމެވެ. ޙައްލު ނުހޯދިއްޖެނަމަ ޑރ. މުޢިއްޒުގެ ކެބިނެޓަ ރުހުން ނުދެއްވާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.

ނަމަވެސް، ޕީޕީއެމް އަދި ޕީއެންސީ އަށް މިކަމުގައި ކޮށްދެވޭނީ ކޮންކަމެއްކަން ސާފުކޮށްދެއްވާފައި ނުވެއެވެ.

މި ޚަބަރާއި ގުޅޭ ވީޑިއޯ ފުޓޭޖް

މިލިޔުމާއި ގުޅޭ

އިންތިޚާބުތަކަށް އޮތް އެންމެ ބޮޑު ނުފޫޒަކީ ދޮގާއި ވަހުމް - އައްޑޫ އަސްލަމް

ރައީސްގެ އިތުބާރުގެ މައްސަލައިގައި ކޯރަމްހަމަނުވުމުން މެމްބަރު އަސްލަމް ކޯފާވެއްޖެ

އައްޑޫ އަސްލަމް، ރަނިންމޭޓަކާއި މެދު ގޮތެއް ނުނިންމޭތީ ކޭމްޕޭނާއި ދުރަށް

ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް މެމްބަރުން ދަނީ މަސައްކަތްކުރަމުން: އެމްޕީ އަސްލަމް

ޓެގްސް: އެމްޑީޕީ އެމްޕީ އަސްލަމް ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.