ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރ ދާއިރާގެ މެމްބަރު، އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް (މ)

ހަބަރު

ރައީސްގެ އިތުބާރުގެ މައްސަލައިގައި ކޯރަމްހަމަނުވުމުން މެމްބަރު އަސްލަމް ކޯފާވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 އޮކްޓޯބަރ 2023 , ހޯމަ 11:34   1874

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާއިރު، މިއަދު ޖަލްސާގައި ކޯރަމްހަމަނުވެ ޖަލްސާ މެދު ކަނޑާލަން ޖެހުމުން މެމްބަރު އަސްލަމް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

މިއަދު ހެނދުނު 9:00 ގައި ބާއްވަން ތާވަލުކުރި ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ގިނަ މެމްބަރުން ތަޅުމަށް ވަޑައިނުގެނެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރ ދާއިރާގެ މެމްބަރު، އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މިއީ މަޖިލީހުގެ ރައީސް ބޭނުންފުޅުވެގެން "ގަސްތުގައި ކޯރަމް ހަމަނުކުރެއްވީ" ކަމަށެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގ އެއްގައެވެ.

އިތުރަށް އަސްލަމް ވިދާޅުވީ މެމްބަރުން ވަޑައިނުގަތުމުން އިންތިޒާރުގައި ރިޔާސަތުން މަޑުނުކުރައްވާކަމަށެވެ.

މަޖިލީހުގެ ރިޔާސަތުން ބޭފުޅުން ފޮނުއްވައި، މެމްބަރުންނާ ވާހަކަދައްކަވައި މެމްބަރުން ހަމަކުރައްވާ.

~ މެމްބަރު އަސްލަމް

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ޙާޒިރީ ޖެއްސެވުމަށްފަހު މަޖިލީހުގެ ތަޅުމަށް ވަޑައިނުގަނެއެވެ. މެމްބަރުން ތިއްބަވަނީ މަޖިލީހުގެ ކުޑަ ދަށުގައެވެ. މިކަން މިގޮތަށް ދާން ފެށިފައިވަނީ ވެސް އެމްޑީޕީ މެމްބަރުން އިސްވެ ތިބެ، ރިޔާސީ އިންތިޚާބާއި ގާތްވެފައިވަނިކޮށެވެ. އެކަން ހުއްޓުވައި ބަދަލުކުރުމަށް އޭރު އެމްޑީޕީ އިން މަސައްކަތް ނުކުރާކަމަށާއި މަޖިލީސް މެމްބަރުން ޒިންމާދާރު ނޫންކަމަށް އޭރު އިދިކޮޅު ޑިމޮކްރެޓުން ވެސް ދިޔައީ ބުނަމުންނެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ތާރީޚުގައި އަސްލަމަކީ ވެސް ހާޒިރީއަށް ފަރުވާކުޑަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިލިޔުމާއި ގުޅޭ

މިދައުރުގައި އިތުރަށް ދެން އިތުބާރުގެ މައްސަލަ ނުވެއްދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް މަޖިލީހަށް ވައްދައިފި

ޓެގްސް: ރައްޔިތުންގެ މަޖިލިސް އެމްޕީ އަސްލަމް އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.