ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް، މަޖިލީސް19 ކެމްޕެއިންނުގައި ޙަރަކާތްތެރި ވަނީ

ހަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް މެމްބަރުން ދަނީ މަސައްކަތްކުރަމުން: އެމްޕީ އަސްލަމް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 ޖުލައި 2022 , އާދީއްތަ 00:06 2   578

ރައީސް ނަޝީދު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް، ބަދުބަސް ބުނެ ދޮގު ތުހުމަތު ކުރާތީ، އެމަނިކުފާނަށް ފިޔަވަޅުއެޅުމަށް ތައްޔާރުވަމުންދާކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ ބައެއް މެމްބަރުނާއި އެކު ބޭއްވި ބައްދަލުވުންތަކެއްގައި ކަމަށް މަޢްލޫމާތު ލިބެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ސޯލިޙްއަށް ނިސްބަތްކޮށް، އެމަނިކުފާނު ތިމާގެ އަންހެން ކުއްޖަކާއިއެކު ބަދުއަޚްލާގީ ގުޅުން ހިންގާ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވުމުން، ސިޔާސީ މަސްރަޙްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ނަމަވެސް، ރައީސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، ތަރުޖަމާން މަބުރޫކު އަޒީޒު ވަނީ އެތުހުމަތު ދޮގު ކުރައްވާފައެވެ.

މެމްބަރު އަސްލަމް ވިދާޅުވީ، ވަރަށް ގިނަ މެމްބަރުން ރައީސް ނަޝީދު ޢަމަލުކުރައްވާ ގޮތާއި ދޭތެރޭ ހިތްހަމަނުޖެހިގެން ގުޅުއްވަމުންދާކަމަށެވެ. އަދި ރަސްމީކޮށް އެކަން ހުށަހަޅުއްވަމުން ގެންދިއުމަށް އެ މެމްބަރުންގެ ކިބައިން އެދިފައިވާނެކަމަށެވެ.

މަޖިލީސް މިވަގުތު އޮތީ ޗުއްޓީގައެވެ. މިމައްސަލަ އާއިގެން އިތުރަށް ކުރިއަށް ދިއުމަށްޓަކައި 22 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅަންޖެހެއެވެ. އަދި އެމަނިކުފާނު މަގާމުން ދުރުކުރުމަށްޓަކައި 43 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ފަހަކަށް އައިސް، މެމްބަރު އަސްލަމް ހިމެނޭގޮތަށް، ރައީސް ނަޝީދުއާއި ދެކޮޅަށް ދަނީ ކެމްޕޭން ކުރައްވަމުންނެވެ. މަޖިލީސް 19 ކާމިޔާބުކުރެއްވުމުގައި މެމްބަރު އަސްލަމް ވަނީ ރައީސް ނަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމެއް ހޯއްދަވާފައެވެ. ނަމަވެސް، މަޖިލީސް ރައީސް ކަމަށް، މެމްބަރު އަސްލަމް ކުރެއްވި މަސައްކަތަށް، ހުރަސްއަޅުއްވާފައިވާ ކަމުގެ ތުހުމަތާއިއެކު އަސްލަމް އާއި ނަޝީދުގެ ގުޅުން ހީނަރުވިއެވެ.

މިފަހުން ލީކުވެފައިވާ ވީޑިއޯގެ މައްސަލައިގައި، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވަނީ ލިވާތު ކުރުމުގެ ތުހުމަތުކުރެވި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވެއެވެ. އެކަމާއި، ނުރުހިވަޑައިގެން، "ވެރިކަން ވައްޓަން" މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މިކަން ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް ގެނެސް، ސިޔާސީ މަޤްޞަދެއްގައި ކުރެއްވިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް :

އެޅިހައި ބަތަކަށް ރިހަ ނިމުމަކަށް؟

ވިޕްލައިން އާއި ޚިލާފުވާނަމަ ޓިކެޓް ނުދޭން މަސައްކަތްކުރާކަމަށް ޕީޖީ ލީޑަރ އަސްލަމް ވިދާޅުވެއްޖެ

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އެމްޕީ އަސްލަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.