އެފްސީ ސްކޫޕް ކަންމަތި، އައްޑޫ ސިޓީ މޭޔާރ އާއި އެކު އުފާ ފާޅުކުރަނީ (ފޮޓޯ: ވިޝާހް ޒަރީރް/ އެފްސީ ސްކޫޕް ކަންމަތި ފޭސްބުކް ޕޭޖް)

ހަބަރު

އެމްޓީސީސީ ގޯދިއްޔާ ފުޓްސަލްކަޕް އެފްސީ ސްކޫޕް ކަންމަތިން ކާމިޔާބުކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 މެއި 2022 , އަންގާރަ 00:22   742

އެމްޓީސީސީ ގޯދިއްޔާ ފުޓްސަލް ކަޕް 2022 ނިމި އެފްސީ ސްކޫޕް ކަންމަތިން މުބާރާތުގެ ޗެމްޕިއަންކަން ނަގައިފިއެވެ.

އެފްސީ ސްކޫޕް ކަންމަތިން ޗެމްޕިއަންކަން ނެގީ ފައިނަލުގައި އެފްސީ ޒެފިއަރ އާއި ވާދަކޮށެވެ. ފޯރިގަދަކޮށް ދިޔަ މިމެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއްދެކިއެވެ. ނަމަވެސް ނަތީޖާ ނިމުނީ ކޮންމެ ޓީމަކުން ވެސް ދެ ގޯލުޖަހައި ދެޓީމް އެއްވަރުވެގެން ނެވެ. އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ޗެމްޕިައަން ތަށި އެޕްސީ ސްކޫޕް ކަންމައްޗަށް ކަށަވަރު ކުރެވުނީ 5-6 ގެ ނަތީޖާ އަކުން ނެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގޯލްކީޕަރ އަދި ފައިނަލް މެޗްގެ މޭން-އޮފް-ދަ-މެޗް ކަން ލިބިފައިވަނީ އެފްސީ ސްކޫޕް ކަންމަތީގެ ގޯލް ކީޕަރ އަހުމަދު ޒައިދާނަށެވެ.

ފޮޓޯ : މުބާރާތުގެ ބައެއް އުސްއަލިތައް

މި މުބާރާތަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް ގޯދިއްޔާ ޖަމްއިއްޔާ އިން ތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީ އެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް މީޑިއާ ޕާރޓްނަރަކީ އެކްސްޕްރެސް ނޫހެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.