ޖޮއިންޓްޕޭރޭންޓިން ޕްރޮގްރާމްގައި، އެޑިއުކޭޝަން މިނިސްޓަރ ވާހަކަފުޅުދައްކަވަނީ

ހަބަރު

އަމިއްލަ ދަރިއަކު ނުހުރޭ، އެހެނަސް އަޅުގަނޑަކީ ރާއްޖޭގެ 95 ހާހެއްހާ ދަރިވަރުންގެ މަންމަ : މިނިސްޓަރ

އަލީ އަޒްޔަން - ކ. މާލެ | 2 ޖޫން 2022 , ބުރާސްފަތި 07:44   226

ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގްރާމް (ޖޭޕީޕީޕީ) އިފްތިާޙް ކުރުމުގެ ރަސްމިއްޔާތުގައި ބެލެނިވެރިންނާއި މުޚާޠަބްކުރައްވައި އެޑިއުޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ޝިހާމް ވިދާޅުވީ، އެކަމަނާގެ އަމިއްލަ ދަރިއަކު ނެތްކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި ކިޔަވަމުންދާ ނުވަދިހަ ފަސް ހާސް ދަރިވަރުންނަކީ އެކަމަނާގެ ވެސް ދަރިންކަމުގައެވެ.

ޗައިލް ޑެވެލޮޕްމެންޓް ސެންޓަރ (ސީޑީސީ) ގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު އެވެ.

މިޕްރޮގްރާމްގައި ބައެއް ބެލެނިވެރިންގެ އިތުރުން ސަރުކަރުގެ ބައެއް ބޭފުޅުންނާއި، ޔުނިސެފްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމްގެ ތެރެއިން

އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން 5 އަހަރު ދުވަހު މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބެލެނިވެރިން ރަނގަޅު ބިނާކުރަނިވި ވިސްނުންތަކާއި އެކު ބާރުވެރިކުރުވުމާއި، ދަރިން ބޮޑެތިވުމުގައި ހެޔޮގޮތުގައި އެމީހުންނަށް ދެވެންއޮތް އެންމެ މައްޗަކަށް ދިއުމަށް އެހީތެރިވެދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިޕްގްރާމް ތެރެއިން 21 ވަނަ ގަރުނުގައި ދަރިންތަރުބިއްޔަތު ކުރުމުގައި ދިމާވާ ދަތިތަކަށް ބަލައިލެވޭނެއެވެ.

މިލިޔުމާއި ގުޅޭއިތުރު ފޮޓޯތައް، ގެލަރީގައި

ފުރަތަމަ ޕޮޒިޓިވް ޕޭރެންޓިން ޕްރޮގްރާމް ފެށުން

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ފަސްޓްލޭޑީ ޔުނިސެފް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.