ޕްރޮޖެޓްކް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ނާސިހު

ހަބަރު

ކެމިކަލް މަދުކުރުމުގެ ސަރަޙައްދީ ޕްރޮޖެކްޓެއް ފުވައްމުލަކުގައި ފައްޓަވައިފި

އަލީ އަޒްޔަން - ފުވައްމުލަކު | 4 ޖޫން 2022 , ހޮނިހިރު 21:41   313

ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ ގޮތުން ޖެފް ފަންޑު ޚަރަދުކޮށްގެން ހިންގާ ނުރައްކާތެރި ކެމިކަލް މަދުކުރުމުގެ ޕްރެޖެކްޓެއްގައި ސޮއިކޮށްފިއެވެ.

މިޕްރޮޖެކްޓްގައި ސޮއިކުރުން އޮތީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައުމީފެންވަރުގައި ފުވައްމުލައް ސިޓީގައ ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިންނެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވައިރޮންމެންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެސެންޓެޓިވްއެވެ.

މިރަސްމިއްޔާތު އޮތީ ޙާފިޒް އަހުމަދު ސްކޫލްގެ ހޯލުގައެވެ.

މިހަރަކާތްތަކުގައި ބައިވުމުގެ ގޮތުން ނައިބްރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންވީ ފުވައްމުލަކުގައެވެ.

މިރަސްމިއްޔާތުގެ ތެރެއިން ވާހަކަ ލިޔުމުން ވަނަހޯދި ކުދިންނަށް ސެޓްފިކެޓް ދީފައިވެއެވެ.

ނައިބްރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ : ނާސިހު

ޢާއްމު ސިއްޙަތަށްޓަކައިވެސް ޕްލާސްޓިކާއި ކެމިކަލް ހިމެނޭ ބާވަތްތައް މަދުކުރަންޖެހޭ. އަދި އިސްރާފްކުރުން ހުއްޓާލަން ޖެހޭ. ދަރިންދެކެ ލޯބިވާފަދައިން ތިމާވެށިދެކެ ވެސް ލޯބިވާންޖެހޭ.

~ ފައިސަލް ނަސީމް، ނައިބްރައީސް

ޝަރަފުއްދީން ސްކޫލްގެ 3 ދަރިވަރަކު ލިޔުނު ، "މަސްތަކުގެ ވެށި ރައްކާކުރަމާ" ވާހަކައަކަށް ބިނާކޮށް ހާފިޒް އަހުމަދު ސްކޫލްގެ ދަރިވަރުން ތަމްސީލެއް ހުށަހަޅައިދެނީ.
ޓެގްސް: ތިމާވެށި ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.