ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު

ހަބަރު

"ހިސާބު އަކުރު ނުފެންނާތީ ކަންބޮޑުވޭ" - ނަޝީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ޖޫން 2022 , ހުކުރު 19:35   885

ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ޖިވެހިރާއްޖޭގެ ދަރަންޏާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އަދި ސަރުކާރުން ގެންދަވަނީ ކެނޑިނޭޅި އެވާހަކަތައް ދިފާޢުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މީގެ އެންމެ ފަހުގެ އެޕިސޯޑެއްގެ ގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މިއަދު ވަނީ އަނެއްކާވެސް ހޫނު ބަހުސްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެއްވެސް ސެޝަނެއްގައި ހިސާބު އަކުރެއް ނުފެނޭ. އެހެންވެ އެކަމާއި ކަންބޮޑުވޭ

~ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު

ނަޝީދު މިހެން ވިދާޅުވުމުން ނުރުހުން ފާޅުކުރައްވާ ފައްޔާޒު ވަނީ ރައްދުދެއްވާފައެވެ.

ފައްޔާޒު ސަރުކާރު ދިފާޢުކުރައްވަމުން ވިދާޅުވީ ހަގީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށެވެ. އަދި އިދިކޮޅުން ދައްކާ އެފަދަ ވާހަކަތަކަށް ހިތްވަރު ނުދެއްވުމަށް ރައީސް ނަޝީދަށް ނެންވިއެވެ.

ހަމަ އެއާއި ވިދިގެން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޢަދަދުތަކާއި އެކު އާދީއްތަދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެކަމަށެވެ. އަދި ވަނީ ނަޝީދު ވިދާޅުވިގޮތަށް ދަރަނި ރީސްޓްރަކްޗަރ ކުރައްވަން ދެކޮޅުހައްދަވާފައެވެ.

ފައްޔާޒާއި އަމީރަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ، ފެންނަކަންކަން ނުފެންނަކަންކަމަށް ނެހެދޭނެކަމަށާއި، ސަރުކާރުކާރުވެއްޓުނަސް ކުރާނެކަމެއް ނެތްކަމަށެވެ. ވަރަށް ފާޅުގައި ވިދާޅުވީ އެމަނިކުފާނު ވާދަ ކުރައްވަނީ ރައީސް ސޯލިހް އާއި ކަމަށާއި، އެބޭފުޅުންނާއި ނޫންކަމަށެވެ. އަދި ކަންކަން މިގޮތަށް މެދުވެރިވާން ދިމާވީ ރާއިސް ވެސް ކަންކުރެއްވިގޮތުން ކަމަށެވެ.

ރައީސް ސޯލިހް ވަނީ ނިމި ދިޔަ ހަފްތާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގެތެރެއިން، ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަމަށް އިޢްލާން ކުރައްވާފައެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.