އަހުމަދު ނަސީރުގެ ނަމުގައި ހިންގާ ޕޭޖަކުން ޒަމްޒަމް ފެން ވިއްކާކަމަށް ބުނެ ކޮށްފައިވާ އިސްތިހާރެއް

ހަބަރު

ފޭކް ޒަމް-ޒަމް ފެން ވިއްކާ މައްސަލައެއް ސޯޝަލްމީޑިއާގައި ދައުރުވާން ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖޫން 2022 , އާދީއްތަ 14:12   377

އަހުމަދު ނަސީރު ނަމުގައި ހިންގާ ޕޭޖް އަކުން ޒަމްޒަމް ފެން، ބޮޑު އަގުގައި، ވިއްކަން ލިބެންހުރިކަމަށް ބުނެފައިވާ މައްސަލައެއް ސޯޯޝަލްމީޑިއާގައި ހޫނުވެއްޖެއެވެ.

މިނަރެލްވޯޓަރ ފެންފުޅިއެއް ޢާއްމުކޮށް ލިބެން ހުންނަނީ 5 ރުފިޔާއަށެވެ. ނަމަވެސް ޒަމްޒަމް ފެނުގެ ނަމުގައި އެޕޭޖްގައި ވިއްކަންހުރި ފެން ހުރީ، އެންމެ ލީޓަރެއްގެ ފެން 155 ރުފިޔާއަށެވެ.

ޒަމްޒަމް ފެނަކީ ސައުދިއަރަބިއާ ގައި ހުންނަ ޒަމްޒަމް ވަޅުން ނަގާ ފެނެކެވެ. އެފެނަކީ ދީނީގޮތުންނާއި ސައެންޓިފިކް ގޮތުން ވެސް ތަފާތު ފެނެކެވެ. ހައްޖަށްދާ މީހުންނަށް ވެސް މިފެން ބޭރުކުރުމުގެ ހުއްދަ ސައުދީ ސައުދީ ސަރުކާރުން ދެނީ ވަރަށް ކުޑަމިންވަރަކަށެވެ.

ޕޭޖުގައި މިކަމާއިގުޅިގެން ދީފައިވާ ރައްދު

އިސްތިހާރުގައިވާގޮތަށް ލޭބަލްކޮށް ފުޅިއަޅައިގެން މިފެން މިހާތަނަށް ވިއްކާފައި ނުވާއިރު، ސޯޝަލްމީޑިއާގައިވާ ޕޯސްޓްތައް ބުނާގޮތުން މިއީ ހަމަ އާދައިގެ ފެނެކެވެ. މީ ދުބާޢީ ބާޒާރުން ގަނެގެން ގެނެސްފައިހުރި ފޭކް ޒަމްޒަމް ފެނެވެ. އެހެންކަމުން މިފެން ގަތް އިރުވެސް މިއީ ފޭކް ފެންކަމަށް އެނގޭނެކަމަށާއި ފައިސާގެ ދަހިވެތިކަމުގައި، މިފަދަ މިންވަރަކަށް އޮޅުވާލަން ހެޔޮނުވާނެކަމަށް އެޕޯސްޓްތަކުގައި ވެއެވެ.

އަހުމަދު ނަސީރު ވަނީ އޭނާގެ ޕޭޖުގައި، މީހުން ކޮމެންޓް ކުރން ފެށުމުން އެއަށް ބައެއް ރައްދު ދީފައެވެ. އަދި ފަހުން ވަނީ އެޕޯސްޓް ފޮހެލާފައެވެ.

އޭނާ ކޮށްފައިވާ ކޮމެންޓެއްގައިވާގޮތުން، މިއީ އޭނާއަށް ކޯޗެއްކަން އެނގިގެން ކުރި ޕޯސްޓެއް ނޫނެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.