އަންޔާ ރެޑިޗް - މިސްވޯލްޑައި ސާބިއާ ތަމްސީލްކުރި ފަރާތް

ހަބަރު

މިސް ވޯލްޑް ސާބިއާ 2021 އޯގަސްޓު 3 ގައި އައްޑުއަށް، އޭނާ ބޭނުންވަނީ އައްޑޫ ހަވާދުގެ ރަހަ ބަލާލަން

ނިއުސްޑެސްކް - ދިވެހި ރާއްޖެ | 25 ޖުލައި 2022 , ހޯމަ 22:42 1   2294

ޔޫރަޕްގެ އެންމެ މަޤްބޫލް މޮޑެލްގެ ގޮތުގައި ހޮވިފައިވާ ސާބިއާގެ ރީތީގެ ރާނީ (މިސް ވޯލްޑް ސާބިއާ 2021)، އަންޔާ ރެޑިޗް (21އ)، އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަންނާނެވެ.

އަންޔާ ރާއްޖެ އަންނަނީ، ޓައިޓަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން އޯގަސްޓްމަހުގެ 4 އިން 6 އަށް އައްޑޫ ސިޓީގައި ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ގެ ދެވަނަ އެޑިޝަންގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރި ވުމަށެވެ.

ޚާއްސަ މެޙްމާނުންގެ ގޮތުގައި އަންޔާގެ އިތުރުން، ސާބިއާގެ މިސް ސާބިއާގެ ޕްރެސިޑެންޑް އަދި ސޯޝަލްމީޑިއާ އިންފްލުއެންސާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާނަލިސްޓް އަދި ޕްރޮގްރާމް ޕްރޮޑިއުސާރ ސްނެޒަނާ ބައިވެވާނެއެވެ.

އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތު އަދި ނިމުމުގެ ރަސްމިއްޔާތު ހުށަހަޅައިދޭނީ ވެސްނާ އެވެ. މިއެކްސްޕޯގެ ޙަރަކާތްތައް ވަގުތުން ދުރަށް ދައްކާނެއެވެ.

ތިރީގައި އެވަނީ ޚާއްސަ މެހެމާނުންނާއި ކުރެވިފައިވާ އިންޓަވިއުގެ ބައެއް އުސްއަލިތައް

މިސް ވޯލްޑް ސާބިއާ 2021 އަންޖާ ފޮޓޯ އަކަށް ހުއްޓީގެން

މިއީ މިސް ވޯލްޑް ސާބިއާ އަންޔާ ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

މިއިންޓަވިއުގައި އަންޔާ ބުނެފައިވަނީ އޭނާ އަކީ ވަރަށް ތަފާތު ސަގާފަތްތަކާއި އާދަކާދަތައް ތަޖުރިބާކޮށް ދަސްކުރަން ބޭނުންވާ ފަރާތެއް ކަމަށެވެ. އަދި ރާއްޖެއާއި ބެހޭގޮތުން އަދި ވަކިން ޚާއްސަކޮށް އައްޑޫ ސިޓީއާއި ގުޅޭގޮތުން ގިނަކަންކަން ބަލާފައިވާކަމަށެވެ.

އަހަރެން މިއީ ވަރަށް ކެއްކުމަށް ލޯބިކުރާ މީހެއް. ބޭނުންވަނީ އައްޑޫ ތަޖުރިބާކޮށްލަން. އައްޑޫގެ ހަވާދުގެ ރަހަ އައްޑޫގައި ބަލާލަން.

~ މިސް ވޯލްޑް ސާބިއާ، އަންޖާ

އަންޖާ އާއި އެކު ދެމީޑިއާކުން ދަނީ އެގައުމުގައި މަސައްކަތްކުރަމުންނެވެ. މިހާތަނަށް އައިއިރު އެމީހުން ސާބިއާ ގިނަ ޓީވީތަކުގައި އައްޑޫ ސިޓީގެ ފޮޓޯތައް ދައްކައި އައްޑޫ ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ވެސްނާ އަކީ ވެސް ޖާނަލިސްޓެއްގެ އިތުރުން ލިޔުން ތެރިއެކެވެ. ސައުތް އެފްރިކާގެ ނެލްސަން މަންޑޭލާ އާއި އެންމެ ފަހުން އިންޓަވިއު ކުރެވުނު މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. މީގެ އިތުރުން، ނެލްސަން މަންޑޭލާގެ ޙަޔާތާއި ގުޅޭގޮތުން އޭނާ ލިޔެފައިވާ ފޮތް، އެކްސްޕޯގެ ޚާއްސަ މެހެމާނުންނަށް ހަދިޔާކުރަން ނިންމާފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

މި އެކްސްޕޯގައި ކޯޕަރޭޓް ޕާރޓްނާރ އެއްގެގޮތުގައި އައްޑޫ ސިޓީ ކައުންސިލް އިން ބައިވެރިވެ އިސްދައުރެއް އަދާކުރާނެކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ޑެސްޓިނޭޝަން ޕާރޓްނާރގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނި (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ބައިވެރިވާނެއެވެ. ރިސޯޓް ޕާޓްނަރަކީ ކެނަރީފް ރިސޯޓެވެ.

ޓެގްސް: އެކްސްޕޯ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.