އައްޑޫގެ ޑެޕިއުޓީ މޭޔަރ އަދި ޑެޕިއުޓީ މިނިސްޓާރ، މިނިސްޓަރަށް މަހުޙަބާ ދަންނަވަނީ

ހަބަރު

މިނިސްޓަރ ޔުމްނާ މައުމޫން އައްޑޫއަށް ވަޑައިގެންފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 ޖުލައި 2022 , ބުދަ 14:29   655

އަރޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޔުމްނާ އައްޑުއަށް ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯރޓުން މިނިސްޓަރަށް މަރުޙަބާ ދަންނަވާފައިވަނީ އައްޑޫގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު އެވެ. އަދި އަރިހުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިކްރާމް އެވެ.

މިނިސްޓަރ ޔުމްނާ އައްޑުއަށް ވަޑައިގެންފައިވަނީ ނޭޝަނަލް ސެންޓަރ ފޯ އާރޓްސް (އެންސީއޭ) އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ "ފަންނާނުންގެ މިއުޒިކީ ޢީދުގައި" ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައެވެ.

މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި، ބޭންޑްތަކާއި، ނެށުންތެރިން އަދި، އަދި އައްޑޫގެ ހުނަރުވެރި ބައެއް ހުނަރުވެރި ފަންނާނުންގެ ޙަރަކާތްތައް ފެނިގެދާނެކަމަށް، އައްޑޫ ސިޓީ ކައުންސިލުން، މީގެ ކުރިން މަޢްލޫމާތު ދެއްވާފައިވެއެވެ.

އެއަރޕޯޓު ވީއައިޕީ ގައި މިނިސްޓަރ ޔުމްނާ އައްޑޫގެ ޑެޕިއުޓީ މޭޔަރ އާއި ބައްދަލުކުރައްވަނީ
މިނިސްޓަރ އާއިއެކު ވަޑައިގެންނި ބައެއް އެހެން ބޭފުޅުން

މިލިޔުމާއި ގުޅޭ:

"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ފޯރިއާއިއެކު މިފަހަރު އައްޑޫގައި، މިނިސްޓަރު ޔުމްނާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ

ޓެގްސް: މިއުޒިކް ޝޯ މިއުޒިކް މިނިވަންދުވަސް ފާހަގަކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.