އެމްއާރުސީ އައްޑޫ ގޮފިން އިންތިޒާމްކުރާ "ރަން" ގެ ޕޯސްޓަރެއް

ހަބަރު

"ރަން ފޯ ހިއުމޭނިޓީ 2022" ގެނަމުގައި، މޯލްޑިވިއަން ރެޑްކްރެސެންޓުން އިންތިޒާމްކުރާ ދުވުމެއް އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 އޯގަސްޓު 2022 , ހުކުރު 20:08   708

ބައިނަލްޢަޤުވާމީ އިންސާނިއްޔަތައް މަސައްކަތްކުރާ ދުވަހުގެ އިތުރުން، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަން އެއް [ދުވުމުގެ މުބާރާތެއް] މިމަހުގެ 19 ވަނަ ދުވަހު އޮންނާނެކަމަށް، އެމްރުސީ އިން ބުނެފިއެވެ.

ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާ މިރަން ފެށޭނީ 19 އޯގަސްޓް ވާ ހުކުރު ދުވަހުގެ ހަވީރު 4.00 ގައި ހިތަދޫ ސިޓީ ސްކުއަރ ސަރަޙައްދުންނެވެ.

އެކްސްޕްރެސް ނޫހަށް މަޢްލޫމާތުދެއްވަމުން އެމްއާރުސީގެ އޮފިޝަލަކު ވިދާޅުވީ މިރަންގެ މައިގަނޑު އަމާޒަކީ އިންސާނިއްޔަތަށް މަސައްކަތައްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުން ކަމަށެވެ.

އަޅުގަނޑުމެން މިޓާގެޓް ކުރަނީ 200 މީހުންނަށް. ސްކޫލްތަކުގެ ހުރިހާ ޢުމުރުފުރައެއްގެ ކުދިންނަށް ބައިވެރިވެވޭނެ. ބެލެނިވެރިންނަށް ވެސް ބައިވެރިވެވޭނެ. ފުރަތަމަ ބެލެނިވެރިންގެ ޙަރަކާތް ފެށޭނީ. އެއީ 5ކޭ ރަންއެއް. ހަވީރު ހަތަރެއް ޖަހާއިރު ފެށޭނީ. ދެން ކުޑަކުދިންނަށް ޚާއްޞަކުރެވޭ 2ކޭ ރަން ފެށޭނީ ހަވީރު ފަހެއްޖަހާއިރު.

~ އެމްއާރްސީ އޮފިޝަލު

މިރަންގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި، ބޮލަކަށް 200 ރުފިޔާ ނަގާނެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް އެއް ބިބްގެ އިތުރުން، ކުޅިވަރުގައި ވެސް ބޭނުންކުރެވޭ ޚާއްސަ ފެންއަޅާ ފުޅިއެއް ދެވޭނެއެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް މެޑެއްޔެއް ލިބޭނެއެވެ.

މި ރަން އިންތިޒާމުކުރަނީ އީކުއޭޓަރ ވިލެޖް، އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް، އަދި ބީއޭޕީސީ މާޓްގެ އެހީތެރިކަމާއިއެކުއެވެ. އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނޫހެވެ.

އެކްސްޕްރެސް ނޫހުން މިޙަރަކާތް، އެމްޑަބްލިއު ސްޓޫޑިއޯގެ އެހީތެރިކަމާއިއެކު ލައިވްސްޓްރީމް ކުރާނެއެވެ.

މިލިޔުމާއި ގުޅޭ:

ރެޖިސްޓާރކުރުމަށް، އަދި ބިބްގަތުމަށް މިލިންކު ބޭނުންކުރައްވާ

އެމްއާރުސީ އައްޑޫ ގޮފިން އިންތިޒާމްކުރާ "ރަން" ގެ ޕޯސްޓަރެއް
ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.