ދެކުނު އޭޝިއާ ސަރަޙައްދުގައި މީގެކުރިން އިގްތިޞާީ ބޮޑެތި ކުރިއެރުން ހޯދަމުން އައި ގައުމެއްކަމަށްވާ ބަނގްލާދޭޝްގައި ތެލުގެ އަގު 50 އިންސައްތަ، އެއްމެ އެއް ހަފްތާތެރޭގައި ބޮޑުވެ، ބޮޑު ނުތަނަވަސްކަމަކާއި ކުރިމަތިލާންޖެހިއްޖެއެވެ.
ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އޭގެ ސަބަބުން ޤައުމުތަކުގެ ފޮރިން ރިޒާވް (ރައްކާކޮށްފައިވާ ބޭރުފައިސާގެ މިންވަރު) ބޮޑުތަނުން ދަށަށް ގޮސް މާލީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު ސްރީލަންކާ އިން ޤައުމު ބަނގުރޫޓުވެފައިވާކަން އިޢްލާންކޮށްފައިވާއިރު، ޕާކިސްތާނުން ވެސް ވަނީ މާލީ ޙާލަތު ގޯސްވަމުން އަންނަކަން އިޢްލާންކޮށްފައެވެ. އަދި އިންޑިއާއިން ވަނީ ޒަރޫރީތަކެތި ބޭރުކުރުން މަޑުޖައްސާލާފައެވެ.
މީގެ ކުރިން ބަނގްލަދޭޝްގައި 86ޓާކާ އަށް ޕެޓްރޯލް ލީޓަރެއް ލިބެމުން އައި ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން އެޤައުމުގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އަންނަނީ 130 ޓާކާ އަށެވެ. މީގެ ސަބުބުން ދަތުރު ފަތުރު އަދި ޒަރޫރީ އެހެންކަންކަމުގެ އަގުތައް ވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ. އަދި އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ބަނގްލަދޭޝްގައި ޙާލަތު ގޯސްވެ އެތައް ހާސް މީހުންވަނީ މަގުތަކަށް ނިކުމެ މުޒާހިރާކުރަން ފަށާފައެވެ.