މިރޭ 7.15 ހާކަށް އިރު، އަލިފާންގަނޑު ދަނީ ގަދަ ވަޔާއިއެކު ފެތުރެމުންދިޔަ މަންޒަރު (ފޮޓޯ: ޒާއިން ވަޙީދު)

ހަބަރު

އައްޑޫ ސިޓީ : ހަވީރު ރޯވާންފެށި އަލިފާންގަނޑު މަޑުމަޑުން ކޮންޓްރޯލްވާން ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 ސެޕްޓެންބަރ 2022 , ބުދަ 19:30   324

އައްޑޫ ސިޓީ ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކުރިމަތިން އޮން ކުޅީގެ އަރިމަތިން މިއަދު ހަވީރު 4.45 ހާކަށްހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން ފުލުހުންގެ އިންޗާޖަކު ވިދާޅުވީ، ފެށުނީއްސުރެ ދެ އަލިފާން ނިވާ ލޮރި ޙަރަކާތްތެރި ވަމުންދާކަމާއި، ވައި ބާރުވުމުން އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓީކަމަށެވެ.

ލައިވް ވީޑީއޯ: ހަވީރު 7 ޖަހާކަށްހާއިރު

ރޯވީ އޭއީއެޗް ކުރިމަތިން މާކިޅި ސަރަޙައްދުގައި. ބޮޑަށް ކުޅީގެ އަރިމަތިން ދިގަށް ހުރީ ރޯވެފައި. މީހުން ދިރިއުޅޭ ސަރަޙައްދަކަށް ނެތް އަސަރެއް ފޯރާކާއެއް. އަލިފާންގަނޑު މިހާރު ދަނީ މަޑުމަޑުން ކޮންޓްރޯލްވަމުން. ވަރަށް ވައި ބާރު. އެހެންވެ ބޮޑަށް ކޮންޓްރޯލުން އެ ނެއްޓީ. ދެން ސީދާ ކީއްވެގެން ކަމެއް ނޭނގޭ، އެކަމަކު ވަރަށް ގިނައިން މިފަދަ ޙާދިސާތައް ހިނގާ ސަރަޙައްދެއް މިސަރަޙައްދަކީ. މީގެ ކުރިން ގަސްތުގައި ވެސް އެބަހުރި ރޯކޮށްލާފައި.

~ ހިތަދޫ ޕޮލިސް ސްޓޭޝަން

...

ލައިވް ވީޑިއޯ (މިރޭ 7 ޖަހާކަށްހާއިރު)

އިތުރު ވީޑިއޯ ފުޓޭޖް

ޓެގްސް: އައްޑޫ އަލިފާނުގެ ޙާދިޝާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.