27 ސެޕްޓެމްބަރުގައި ދައުރު ފުރިހަމަކުރައްވައި އެނބުރި ޤައުމަށް ވަޑައިގަންނަވާނެ.

ހަބަރު

ޢަބްދުއްﷲ ޝާހިދު، ޤައުމު ކުރިން ނުދެކޭފަދަ ޙަޤީގީ ކުޅަދާނަ ސިޔާސީ ލީޑަރެއް، ފަހުލަވާނެއް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ސެޕްޓެންބަރ 2022 , ހޮނިހިރު 14:09   267

ދިވެހިރާއްޖެ، ޚާރިޖީ ދާއިރާގައި މިހާ ކުލަގަދަ ދުވަސްތަކެއް މީގެ ކުރިއަކުން ނުދެކެއެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރަކު ދުނިޔޭގެ މިހާ ގިނަ ޤައުމުތަކަށް ވަޑައިގެން ދައުލަތްތަކުގެ އިސްވެރިންނާއިއެކު އިށީނދެ ވަޑައިގެންފައި ނުވެއެވެ.

ދިވެހިރާޖޭގެ ޚާރިޖީ ވަޒީރު ޢަބްދުއްﷲ ޝާހިދު (60އ) ވެ ވަޑައިގެންފައިވަނީ، ދިވެހި ސިޔާސީ ލީޑަރުންގެތެރެއިން، އ.ދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް ވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށެވެ.

2018 ވަނަ އަހަރު އާ ވެރިކަމަކާއިއެކު ދިވެހި ޚާރިޖިއްޔާގެ ލަގަން ހިއްޕަވައިގެން ފެއްޓެވި ދަތުރުފުޅުން ދިވެހިރާއްޖެ މުޅި ދުނިޔެއަށް ދައްކުވައިދީފިއެވެ. ނަމަވެސް އެމަކުފާނު ޚާރިޖިއްޔާއަށް އެންމެ ފުރަތަމަ މަސައްކަތްކުރައްވަން ފައްޓަވާފައިވީ، ޢުމުރުން އެންމެ 22 އަހަރުގައެވެ. އެއީ، 1984 ވަނަ އަހަރުއެވެ. އަދި ޚާރިޖިއްޔާގެ ޑިރެކްޓަރުކަން 1993 ވަނަ އަހަރު ވަނީ ކުރައްވާފައެވެ.

ތިން ދަރިން ތިއްބަވާ، ޢަބްދުއްﷲ ޝާހިދު، ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ 1987 ވަނަ އަހަރު އޮސްޓްރޭލިއާގެ ކެމްބެރާ ކޮލެޖް އޮފް އެޑިއުކޭޝަނުންނެވެ. އަދި މާސްޓާރސް ޑިގްރީ ޙާޞިލްކުރެއްވީ އެމެރިކާގެ އެންމެ ދުވަސްވީ އެއް އިންސްޓިއުޓްކަމުގައިވާ، ފްލެޗާރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމެސީ އިން، 1991 ވަނަ އަހަރުއެވެ.

އެމަނިކުފާނު ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމަޔަށް [17 ވަނަ] ރައްޔިތުންގެ މަޖިލީހުގައި، ދައުރުގެ ރައީސްކަން ކުރައްވާފައެވެ. އަދި ހިމެނިވަޑައިގަންނަވީ ދިވެހިރާއްޖެ 2008 ވަނަ އަހަރު ޑިމޮކްރެސީއަށް ކުރި ދިގު ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

މީގެ ކުރިން، ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވެސް، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރެއްވިއެވެ.

އ.ދ. ގެ 76 ޖެނެރަލް އެސެމްބްލީގައި، ރައީސްކަން ކުރައްވަނީ

ޢަބްދުއްﷲ ޝާހިދު، އ.ދ. ގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ހޮވިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު، ވޯޓްގައި 75 އިންސައްތައިގެ ބޮޑު ކާމިޔާބިއަކާއިއެކު އެވެ. މަޖިލީހުގައި 143 ގައުމަކުން ވޯޓު ދިފައިވަނީ އެމަނިކުފާނަށެވެ.

ޖެނެރަލް އެސެމްބްލީގައި ރައީސަކު ހޮވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށްކަމުން، އެމަނިކުފާނުގެ ދައުރު ވަނީ ނިމުމަކާއި ގާތަށް އައިސްފައެވެ.

ސިޔާސީކަންކަން ދިރާސާކުރައްވާ ބޭރުގެ ބައެއް ފަރާތްތަކުން ވެސް ފާހަގަކުރައްވާގޮތުން، ކޯވިޑްގެ ބަލިމަޑުކަމާއިކު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތައް އަރަމުންދާ މިޙާލަތުގައި، ޢަބްދުއްﷲ ޝާހިދު ފަދަ ބޭފުޅަކު މިފަދަ މަޤާމެއްގައި، ހުންނެވި ހުންނެވުމަކީ ދިވެހިރާއްޖެ އަށް ލިބުނު އަގުނުކުރެވޭވަރުގެ ބޮޑު ނަސީބެކެވެ.

އެމަނިކުފާނުގެ ޚާރިޖީވަޒީރުކަމުގައި، ފާއިތުވެދިޔަ ތިން-ހަތަރު އަހަރަކީ، ދިވެހިރާއްޖެ އަށް މީގެކުރިން ދުވަހަކުވެސް ނުލިބޭވަރަށް، ބޭރުގެ އެހީ ލިބިފައިވާ އަހަރުތަކެވެ. ދުނިޔޭގެ ދަޢުލަތްތަކުގެ ވެރިންނާއި، ދުނިޔޭގެ އިދާރާތަކުގެ ވެރިންނަށް ދިވެހިރާއްޖެ ތަޢާރަފްކޮށްދެއްވައި، ޙާލަތު ބަޔާންކޮށްދެއްވުމުގައި އަވަދިނެތި އުޅުއްވިއެވެ. އެމަނިކުފާނު ވަނީ، ރާއްޖޭގެ ޓޫރިޒަމް ވެއްޓިޔަ ނުދީ ހިފެހެއްޓުމުގައި ވެސް ގިނަގުނަ މަސައްކަތް ކުރައްވާފައިވެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖެ ސަލާމަތްވުމުގައި، ޢަބްދުއްﷲ ޝާހިދު އަދާކޮށްދެއްވި ދައުރަކީ ޝުކުރު ޙައްޤު މަސައްކަތެކެވެ. އެމަނިކުފާނު ކޮށްދެއްވާފައިވަނީ ޙަޤީގީ ސިޔާސީ މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ބަތަލުންގެ ލިސްޓުގައި ހިމަނަންޖެހޭ ފަރާތެކެވެ. ކުޅަދާނަ ފަހުލަވާނެކެވެ.

ޓެގްސް: ޤައުމުތަކުގެ އިސް ވެރިން ދިވެހި ލީޑަރުން ސިޔާސީ މީހުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.