ހަނގާކުރުމުން "ޓެރެސް ހައުސް" ގެ ތަރި ހަނާ ކިމޫރާ އަމިއްލައަށް މަރުވުމުގެ ހިތާމައިގައި

ދުނިޔެ

ޖަޕާނުގައި އޮންލައިންކޮށް ބުލީކޮށް ފުރައްސާރަކޮށްފިނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް

ދީދާތު ރަޝީދު - ދުނިޔެ | 25 ސެޕްޓެންބަރ 2022 , އާދީއްތަ 11:48   311

"ޓެރެސް ހައުސް" ގެ ތަރި ހަނާ ކިމޫރާ އަމިއްލައަށް މަރުވުމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އޮންލައިންކޮށް އުނދަގޫ ކުރާ މީހުންނަށް އަދަބުތައް ހަރުކަށި ކުރުމަށް ބާރު އެޅި އެވެ.

އޮންލައިންކޮށް މީހަކަށް ފުރައްސާރަ ކުރުމުން ޖަޕާނުގައި ފަރުދެއް, އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ބުރާސްފަތި ދުވަހުގެ ހެނދުނު އެގައުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ގެނެސްފިއެވެ.

ހަނާ ކިމޫރާ އަމިއްލައަށް މަރުވި ކަމަށް ބެލެވޭތީ އާއި 2020 ވަނަ އަހަރު ޓެރެސް ހައުސްގެ ތަރިއަށް ހަނގާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު 9،000 ޔެން (ގާތްގަނޑަކަށް 81 ޑޮލަރު) އިން ޖޫރިމަނާ ކުރުމާ ގުޅިގެން ސަރުކާރުގެ އޮފިޝަލުން ވަނީ ޖަޕާނުގެ ސައިބަރ ބުލީ ކުރުމުގެ ގާނޫނުތައް މުރާޖައާ ކުރަން ފަށާފަ އެވެ. އެގައުމުގެ ގާނޫގެކުރީގެ ވާޝަންގެ ދަށުން އޮންލައިންކޮށް ފުރައްސާރަ ކުރާ މީހުންގެ އަދަބަކީ 10،000 ޔެން ނުވަތަ އެއަށްވުރެ މަދު އަދަދަކުން ޖޫރިމަނާ ކުރުމާއި 30 ދުވަހަށް ވުރެ މަދު މުއްދަތަކަށް ޖަލަށްލުމެވެ. މިހާރު ގާނޫނުގައި 300،000 ޔެން ނުވަތަ ގާތްގަނޑަކަށް 2،200 ޑޮލަރުގެ މާލީ އަދަބު ދިނުމުގެ ހުއްދަ ދީފައިވެ އެވެ.

ސައިބަރ ބުލީ ކުރުމާ ކުރިމަތިލާން ސަރުކާރަށް އާންމުންގެ ފަރާތުން ޕްރެޝަރު ކުރި ނަމަވެސް، އެ އިސްލާހު ހުށަހެޅި ބިލަށް ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ސީއެންއެން އިން ރިޕޯޓްކުރާ ގޮތުގައި މި ގާނޫނު ފާސްވީ ޖަޕާނުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީން ތިން އަހަރު ފަހުން އެ ގާނޫނު މުރާޖައާކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާ އަސަރު ބެލުމަށް ސަރުކާރަށް ގޮވާލާ މާއްދާއެއް އިތުރުކުރުމުންނެވެ. ދަ ވަރޖް އިން ފާހަގަކުރާ ފަދައިން، ފުރައްސާރައެއްގެ ގޮތުގައި ގުނާލެވޭ އެއްޗަކާ މެދު ގާނޫނުގައި އެކަށީގެންވާ ވަރަށް ވަކި ކަމެއް ނެތުމުން ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ.

އެގައުމުގެ ގާނޫނުގައި ފުރައްސާރައަކީ އެމީހަކާ ބެހޭ ވަކި ހަގީގަތްތަކަށް އިޝާރާތް ނުކޮށް މީހަކު ދަށުދަރަޖަ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް މާނަކޮށްފައިވެ އެވެ. އަބުރު ކަތިލުމުގައި، މިއާ ޚިލާފަށް، ވަކި ސިފަތަކަށް އިޝާރާތް ކުރުން ހިމެނެ އެވެ. "ފުރައްސާރައެއްގެ ގޮތުގައި ޝަރުތު ހަމަވާ ކަންކަމާ މެދު ތަފާތު ކުރާ ގައިޑްލައިނެއް އޮންނަން ޖެހޭ،" ޖަޕާނުގެ ޖިނާއީ ވަކީލެއް ކަމަށްވާ ސެއިހޯ ޗޯ ސީއެންއެންއަށް ވިދާޅުވި އެވެ.

ޓެގްސް: ހަނގާކުރުން ސައިބާރ ކްރައިމް ސިކުނޑީގެ ދުޅަހެޔޮކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.