އިކުއެޑޯގެ ކިޓޯގައި ކުރީގެ ނައިބު ރައީސް ޖޯޖް ގްލާސް ދޫކޮށްލުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަނީ

ދުނިޔެ

ދެކުނު އެމެރިކާ: ކުރީގެ ނައިބު ރައީސް ގްލާސް ހައްޔަރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިކުއެޑޯގެ ޓްރައިބިއުނަލުންއިން ބުނެފި

ދާނިޝް - ޔޫރަޕް | 13 އޭޕުރިލް 2024 , ހޮނިހިރު 15:46   89

އިކުއެޑޯގެ ކުރީގެ ނައިބު ރައީސް ޖޯޖް ގްލާސް ކުއިޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީގެ ތެރޭގައި ހައްޔަރުކޮށްފައި ވަނީ ގާނުނާއި ޚިލާފަށް ކަމަށް ދިފާއީ ޓީމުން ނިންމައިފިއެވެ.

އިކުއެޑޯގެ ޓްރައިބިއުނަލުން މި ނިންމުން ނިންމައިފައި މިވަނީ ގްލާސްގެ ވާތުފިޔައިގެ ސިޔާސީ ޕާޓީ، ސިޓިޒަން ރިވޮލިއުޝަންގެ މެމްބަރެއް ކަމަށްވާ ފްރާންސިސްކޯ ހިޑާލްގޯ، ކުރީގެ ނައިބު ރައީސްގެ ފަރާތްޕުޅުން ހެބިއަސް ކޯޕަސްގެ ރިޓެއް މި ހަފުތާގެ ކުރީކޮޅު ހުށަހަޅުއްވާފައި ވަނިކޮށެވެ.

ގްލާސް ހައްޔަރުކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ މައްސަލައެކެވެ.

އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އިކުއެޑޯގެ ފުލުހުން ވަނީ މެކްސިކޯ އެމްބަސީއަށް ވަދެ، އެ އެމްބަސީގެ ފެންސް ހުރަސްކޮށް، އެމީހުންގެ ވަނުމަށް ހުރަސް އަޅަން އުޅުނު އިސް ޑިޕްލޮމެޓަކަށް ބިރުވެސް ދައްކާފައެވެ.

އިކުއެޑޯގެ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލަކުން މިދިޔަ ހުކުރު ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ އެމްބަސީގެ ސަބަބުތަކާ ހުރެ އޭނާ ހައްޔަރުކުރީ ހަގީގަތުގައި ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.

ފަނޑިޔާރު މޮނިކާ ހެރެޑިއާ ލިޔުއްވާފައިވާ ގޮތުގައި "އިކުއެޑޯގައި ހުންނަ މެކްސިކޯ އެމްބަސީގެ ފޮރިން މިނިސްޓްރީގެ ވެރިޔާގެ ހުއްދަ އާއި ޕޮލިޓިކަލް އެފެއާޒްގެ ހުއްދަނެތި ބަންދުގައި ބެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް" ކަމަށެވެ.

އެމްބަސީތަކާއި ކޮންސިއުލޭޓްތައް ލޯކަލް ލޯ އެންފޯސްމަންޓްގެ ނުފޫޒުން ބައިނަލްއަގްވާމީ ގާނޫނުން ރައްކާތެރިކޮށްދެ އެވެ. މި "ރޫލް އޮފް އިންވަޔަލެބިލިޓީ" ތިއަރިޓިކަލީ ޑިޕްލޮމެޓުންނަށް އެމީހުންގެ ހޯސްޓް ގައުމުން ބަދަލު ހިފުމުގެ ބިރެއް ނެތި ނާޒުކު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

ނަމަވެސް ގްލާސް ފަދަ ނުތަނަވަސް ވެފައިވާ އާންމުން ވެސް ވަނީ ހައްޔަރުން ވަގުތީ ހިމާޔަތް ހޯދުމަށް އެމްބަސީތަކަށް އެނބުރިފައެވެ. އެއީ ހުއްދަ ނެތި ފުލުހުން ނުވަންނާނެކަން އެނގުމުން ނެވެ.

ކޮރަޕްޝަނާ ގުޅުންހުރި ތުހުމަތެއްގައި ގްލާސްގެ މައްޗަށް ވަނީ ދެ ފަހަރެއްގެ މަތިން ކުށް ސާބިތުވެފަ އެވެ.

އަދި 2017 ވަނަ އަހަރު ހަ އަހަރަށް ޖަލަށް ލުމަށާއި 2020 ވަނަ އަހަރު އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އޭނާ ހައްޔަރުކުރުމުގެ ގަޑިއިރުތަކެއް ކުރިން މެކްސިކޯގެ ޚާރިޖީ ވުޒާރާއިން ވަނީ ޑިސެމްބަރު މަހުން ފެށިގެން ކުއިޓޯގައި ހުންނަ އެގައުމުގެ އެމްބަސީގައި ހިމާޔަތް ދެމުން ދިޔަ ގްލާސްއަށް ސިޔާސީ ހިމާޔަތް ދީފައިވާކަން ހާމަކޮށްފައެވެ.

ނަމަވެސް އެމްބަސީގެ ރެއިޑްގެ ސަބަބުން މެކްސިކޯ އާއި އިކުއެޑޯއާ ދެމެދު ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފަ އެވެ. މެކްސިކޯއިން ވަނީ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި އިކުއެޑޯގައި ތިބި އެމްބަސީގެ މުވައްޒަފުން އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.

ލެޓިން އެމެރިކާގެ ވަށައިގެންވާ ގައުމުތަކުގެ އިތުރުން އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް) އިން ވެސް ވަނީ ފުލުހުންގެ މި ރެއިޑް ކުށްވެރިކޮށްފަ އެވެ.

ނަމަވެސް އިކުއެޑޯގެ ރައީސް ޑެނިއަލް ނޯބޯއާގެ ސަރުކާރުން ވަނީ އެގްޒެކެޓިވް ޑިކްރީއިން ހުއްދަ ދީފައިވާ ގޮތަށް އެ ރެއިޑް ދިފާއު ކުރަން މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ގްލާސްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ސަބަބުން އޭނާ އަށް ސިޔާސީ ހިމާޔަތް ލިބެން ނުޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލުން ހުކުރު ދުވަހު ބުނެފައި ވަނީ އެ ރެއިޑްގެ ދިފާއުގައި ސަރުކާރުން ކުރާ މަސައްކަތުގައި ގާނޫނީ އަސާސެއް ނެތް ކަމަށެވެ.

އަދި ޓްރައިބިއުނަލުން ނިންމީ އޭނާ ހައްޔަރުކުރުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް، ގްލާސް ޖަލުގައި ހުންނަން ޖެހޭނީ އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ކުށްތަކަށް ރިއާޔަތްކޮށް ކަމަށެވެ.

"މި ޓްރައިބިއުނަލަށް ހުކުމަށް ބަދަލެއް ނުގެނެވޭނެ،" ގާޒީ ހެރެޑިއާ ވިދާޅުވި އެވެ.

ގުއާކިލްގައި މިހާރު ގްލާސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު = އެކަމާ ދެކޮޅަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އޭނާ ދަނީ ކުރަމުންނެވެ. އަދި މި ހަފުތާގެ ކުރީކޮޅު އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

މެކްސިކޯއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިކުއެޑޯއިން އެމްބަސީ ބަލައި ފާސްކުރި މައްސަލައިގައި އދއިން ބޭރުކުރުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ޓެގްސް: އެކުއެޑޯރ ދެކުނު އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.