1 އޭޕްރީލް 2024 ވާ ހޯމަ ދުވަހު ޣައްޒާގައި މަރުވި ވޯލްޑް ސެންޓްރަލް ކިޗަންގައި މަސައްކަތްކުރާ ހަތް އެހީތެރިންގެ ތެރޭގައި ޕޮލެންޑްގެ ފިރިހެނަކު ވެސް ހިމެނެއެވެ.

ދުނިޔެ

ޕޮލެންޑާއި އިޒްރޭލާ ދެމެދު އަނެއްކާވެސް ޑިޕްލޮމެޓިކް ހަމަނުޖެހުންތަކެއް އުފެދިއްޖެ

ދާނިޝް - މެދުއިރުމަތި | 6 އޭޕުރިލް 2024 , ހޮނިހިރު 20:35   96

ޣައްޒާގައި ޕޮލެންޑުގެ އެހީއަށް މަސައްކަތްކުރާ މީހަކު މަރުވުމާ ގުޅިގެން ޕޮލެންޑާއި އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ހަމަނުޖެހުންތަކެއް އުފެދިއްޖެއެވެ.

މިކަން މިހެން ހިނގައިފާ ވަނިކޮށް އިސްރާއީލުގެ ސަފީރު ދެއްކެވި ވާހަކައަކީ "ހަޑިހުތުރު" ވާހަކައެއް ކަމަށް ވިދާޅުވެ ޕޮލެންޑްގެ ރައީސް ވަނީ އެކަން ކުށްވެރިކުރައްވައިފައެވެ.

ޗެރިޓީ ވޯލްޑް ސެންޓްރަލް ކިޗަން އިން މި ހަފުތާގައި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ދަނިކޮށް އިސްރާއީލުން ދިން ހަމަލައެއްގައި ޝަހީދުވި ހަތް މީހުންގެ ތެރޭގައި ޕޮލެންޑްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޑޭމިއަން ސޮބޯލް ވެސް ހިމެނެ އެވެ.

އަދި މި މަސައްކަތުގައި ބޭނުންކުރި ވެހިކަލްތައް ސާފުކޮށް ފާހަގަކޮށްފައި އޮތުމާއި ފުރުމުގެ ކުރިން އެ ޖަމިއްޔާއިން އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކޮށްފައިވީ ނަމަވެސް، އިސްރާއީލުން ވަނީ މި ހާދިސާ އަކީ އޮޅިގެން ހިނގި ހާދިސާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން ޕޮލެންޑްގައި އުފެދިފައިވާ ހައިރާންކަމާއި ނުރުހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުން ޕޮލެންޑަށް ކަނޑައަޅިފައި ހުންނަ ސަފީރު ޔަކޮވް ލިވްނޭ ވަނީ، "ޕޮލެންޑްގައި ހަރުކަށި ކަނާތްފަރާތާއި ވާތްފަރާތްތަކުން" އިސްރާއީލުން ދިން އެ ހަމަލައަކީ "ގަސްދުގައި މީހުން މެރުމަށް ދިން ހަމަލާއެއް" ކަމަށް ތުހުމަތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައްދު ދީފަ އެވެ.

މިގޮތުން އޭނާ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ސެމިޓީންނާ ދެކޮޅު މީހުން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި އިސްރާއީލު ދެމިއޮންނާނީ ޑިމޮކްރެޓިކް ޔަހޫދީ ދައުލަތެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ މުޅި ހުޅަނގުގެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް އޭނާ ބުންޏެވެ.

ޕޮލެންޑްގެ ރައީސް އަންދްރެޒްޖް ޑޫޑާ ބުރާސްފަތި ދުވަހު ވަނީ އެ ވާހަކަފުޅަކީ ވަރަށް ހުތުރު ވާހަކައެއް ކަމަށް ސިފަކުރައްވައި ސަފީރަކީ ޕޮލެންޑާ އެކު އޮންނަ ގުޅުމުގައި އިސްރާއީލު ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ސިފަކުރައްވާފައެވެ.

ޑުޑާ ވިދާޅުވީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މި ހިތާމަވެރި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކަނީ ވަރަށް މަޑުމައިތިރިކޮށް ކަމަށާއި ނަމަވެސް ހިތާމައަކީ ޕޮލެންޑަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ސަފީރަށް އިހުސާންތެރިކަން ދެމެހެއްޓުމަށް ނުކުޅެދިފައިވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް، ޑުޑާއާ ސިޔާސީ ގޮތުން ވާދަކުރެއްވި ނަމަވެސް، އެފަދަ ސްޓޭންޑެއް ފާޅުކުރައްވައި ވިދާޅުވީ، ޕޮލެންޑަށް އިހާނެތިކޮށް ވާހަކަ ދެއްކުމުން ސަފީރު މައާފަށް އެދެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ސޮބޯލްގެ އާއިލާއަށް އިޒްރޭލުން ބަދަލު ދޭން ޖެހޭ ކަމަށެވެ.

ޓެގްސް: ޕޮލެންޑް އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.