ދެކުނުކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް، ވިދާޅު އިސްލާޙީ މަސައްކަތް ފައްޓަވާނެކަމަށް

ދުނިޔެ

އިދިކޮޅު ޕީޕީއެމް ޕާޓީ އަށް މަޖިލީސް މެޖޯރިޓީ ލިބުމުން ދެކުނުކޮރެއާގެ ވެރިކަން ރޫޅިދާނެކަމުގެ ބިރުހީވެއްޖެ

އަލީ އަޒްޔަން - އޭޝިއާ | 11 އޭޕުރިލް 2024 , ބުރާސްފަތި 10:13   647

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް "ގައުމު އިސްލާހު" ކުރުމަށް ވައުދުވެވަޑައިގެންނެވިއިރު، އޭނާގެ ވެރިކަން ކުރާ ޕާޓީގެ ވެރިޔާ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވީ އެޤައުމުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ހޯދި ބޮޑުކުރިއެރުމާއިއެކުއެވެ.

ޕީޕަލް ޕަވަރ ޕާޓީ (ޕީޕީއެމް)ގެ ލީޑަރު ހާން ޑޮންގް ހޫންގެ އިތުރުން ބޮޑުވަޒީރު ހާން ޑަކް ސޫ އާއި އިސް ވާގިވެރިންގެ ތެރެއިން ގިނަ ބަޔަކު ވެސް މަގާމުން ވަކިވާން ހުށަހެޅި ކަމަށް ލޯކަލް މީޑިއާތަކުން ބުނެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން ޔޫން ވަނީ ވެރިކަމުގެ ބާކީ ތިން އަހަރު ލޭމް ޑަކް ރައީސަކަށް ބަދަލުވެފަ އެވެ.

"ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ޔޫން އާއި އިދިކޮޅު ފަރާތްތަކާ ދެމެދު އިތުރަށް ބޮޑު ކުރިމަތިލުންތަކެއް ހިނގާނެ، ހާއްސަކޮށް އޭނާގެ ވެރިކަމާ މެދު ވަރަށް ހޮކިސް ސްޓޭންޑެއް ގެންގުޅޭނެ ކަމަށް ވައުދުވާ ކެންޑިޑޭޓުން އިންތިހާބުވުމުން،" މިއޮންޖީ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރު ޝިން ޔޫލް ވިދާޅުވި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދެ ޕާޓީގެ އެއްބާރުލުން ރައްޔިތުންނަށް ފެނިގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އުމުރުން 63 އަހަރުގެ ޔޫން ވަނީ ނިއުކްލިއާ ހަތިޔާރު އެޅި އުތުރާ އެކު ހަރުކަށި ފިޔަވަޅެއް އަޅާފައި ވާއިރު، ވޮޝިންޓަނާއި ކުރީގެ އިސްތިއުމާރީ ހިފާފައިވާ ޖަޕާނާ ގުޅުން ރަނގަޅުކޮށްފަ އެވެ.

އެޤައުމުގައި ބޯހިޔާވަހިކަމުގެ އަގުތައް ވެސް އުފުލި، ޒުވާނުންގެ ވަޒީފާ ނެތުމުން ގިނަ ބަޔަކު ވަނީ ސަރުކާރާއިމެދު ހިތްހަމަ ނުޖެހިފައެވެ.

ކޮރެއާގެ ކެއްކުމުގެ މައިގަނޑު އެއްޗެއް ކަމަށްވާ ފެހި ފިޔާގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ޔޫން އަށް ވެސް ފާޑުކިޔަމުންދެއެވެ އޭނާގެ އަންހެނުން 2،200 ޑޮލަރުގެ ޑިޒައިނަރ އަތްދަބަހެއް ބަލައިގަންނަ ވީޑިއޯއެއް މިދޭތެރެއަކުން ސޯޝަލްމީޑިއާގައި ޢާއްމުވެފައިވެއެވެ.

"އާންމު އިންތިޚާބުގައި ފާޅުކުރާ ރައްޔިތުންގެ އިހުތިޔާރަށް ނިކަމެތިކަމާއެކު އިހުތިރާމްކޮށް، ދައުލަތުގެ ކަންކަން އިސްލާހުކޮށް، އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުން ހަމައަކަށް އެޅުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ޔޫން އިސްލާޙީ އެޖެންޑާ އާއި ގުޅޭގޮތުން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު ހުރިހާ ވޯޓެއް ގުނާފައިވާއިރު، އެޤައުމުގެ އިލެކްޝަންސް ކޮމިޝަނާއި ބޮޑެތި ބްރޯޑްކާސްޓަރުންގެ ނަތީޖާތަކުން ދައްކާ ގޮތުގައި ޔޫންގެ ކޮންޒަވޭޓިވް ޕީޕަލް ޕަވަރ ޕާޓީ (ޕީޕީއެމް) އާއި އެ ޕާޓީ އާއި ގުޅުންހުރި ގޮނޑިތަކުން ބޮޑު އަޤުލަބިއްޔަތެއް ހޯދާފައިވެއެވެ.

ޓެގްސް: ދެކުނު ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.