ރަޝިޔާގެ ރައީސް ލަޑަމިޔަރ ޕުޓިން

ދުނިޔެ

ޕުޓިން އޭނާގެ އަމަލުތަކަށް ހިތާމަނުކުރަާ ކަމަށް ވިދާޅުވެއްޖެ

ރާނިއާ - ޔޫރަޕް | 15 އޮކްޓޯބަރ 2022 , ހޮނިހިރު 13:23   197

އެތައް ހާސް ބައެއް މަރާލެވި ޒަހަމުކޮށްފައިވާ ޔޫކްރޭއިން ހަނގުރާމައިގެ 233 ދުވަސް ފާއިތުވެދިޔަފަހުން، ރަޝިޔާގެ ރައީސް ލަޑަމިޔަރ ޕުޓިން ހަނގުރާމަ ދިފާއުކޮށް އޭނާގެ އަމަލުތަކަށް ހިތާމަ ނުކުރުއްވާކަމަށް ވިދާޅުވެއްޖެއެވެ.

"މިހާރު ހިނގަމުންދާ ކަންތަކަކީ އެއްވެސް ބަޔަކު އެންމެ ހިތްހަމަޖެހޭ ގޮތަށް ވަމުންދާ ކަންތަކަށް ނުވިކަމުގައި ވިޔަސް، ރަޝިޔާއަށްވެސް ހަމަ މި ހަމަލާތައް ފަހުގެ ތާރީޙެއްގައި ނަމަވެސް އަންނާނެކަން ޔަގީން. އޭރު ތަފާތަކަށް ވެގެން ދާނީ ރަޝިޔާ އެ ހަމަލާތަކަށް ތައްޔާރު ނުވެ ތިބުމާއި އެކު ރަޝިޔާ ހަނގުރާމަ ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަވެގެންދިއުން." ލަޑަމިޔަރ ޕުޓިން ކަޒަކިސްތާނަށް ކުރި ދަތުރެއްގައި ރިޕޯޓަރުންނާއި މުޚާތަބުކޮށް ވިދާޅުވިއެވެ.

ޕުޓިން ހަނގުރާމަ ދިފާއުކުރުމުގެ ގޮތުން، ރަޝިޔާ 2014 ވަމަ އަހަރު ޔޫކްރޭން އަތުން ނަގާފައިވާ ކްރިމިޔާއަށް ފެން ފޯރު ކޮށްދޭ 'ކެނަލްތައް' ޔޫކްރޭނުން ބަންދު ކޮށްފައިވާ ވާހަކަވެސް ބުނެފައިވެއެވެ.

"ކްރިމިޔާއަކީ 2.5 މ. މީހުންގެ އާބާދީއެއް އޮންނަ ތަނެކެވެ. ޔޫކްރޭންއިން އެތަނަށް ފެން ފޯރު ކޮށްދޭ ވަސީލަތްތައް ބަންދުކުރުމުގެ ސަބަބުން ހަނގުރާމާއިގެ ސިފައިން ކްރިމިޔާއަށް ގޮސް ފެން ޖައްސަދޭން މަޖުބޫރުވެގެންދިޔަ"، ޕުޓިން ވިދާޅުވެފައިވެއެވެ.

އޭނާގެ މަޤުސަދަކީ ޔޫކްރޭން ސުންނާފަތި ކޮށްލުމެއް ނޫން ކަމަށާއި، މިދިޔަ ހޯމަ ދުވަހު ކުރިޔަށް ގެންގޮސްފައިވާ ވައިގެ ކެމްޕޭންފަދަ އަމަލުތަށް ކުރިޔަށް ގެންދިޔުމުގެ ބޭނުމެއްވެސް މިހާރު ނެތް ކަމަށް ޕުޓިން ވިދާޅުވެއެވެ.

ވައިގެ ކެމްޕޭނަކީ ރަޝިޔާގެ ބޮޑެތި މަގުތަކާއި ކްރިމިޔާގެ ރޭލް ބްރިޖްތަކަށް ކޮށްފައިވާ ހަމަލާތަކުގެ ބަދަލުކަމަށްވެސް މި އަހަރުގެ ކުރީ ދުވަހެއްގައި ޕުޓިން ވިދާޅުވެފައިވެއެވެ. ބްރިޖްއަށްވެފައިވާ ގެއްލުންތައް ރަނގަޅު ކޮށްނިމޭނީ އަންނަ އަހަރު ޖުލައިގައި ކަމަށްވެސް ޕުޓިން ބުނެފައިވެއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.