ނެޓްފްލިކްސް އަކީ 221 މިލިއަން ސަބްސްކްރައިބަރުންނާއި އެކު ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ހިދުމަތް ފޯރު ކޮށްދޭ ވަސީލަތެވެ. ނެޓްފްލިކްސް އިން ދައްކާ ފިލްމްތައް މަގުބޫލުކަން ހޯދާފައިވަނީ ދުނިޔޭގެ ކޮންމެ ތަނަކުން ސްޓްރީމްކުރެވޭތީއެވެ. ނެޓްފްލިކްސް އިން ފިލްމުތަކާއި، ޓީވީ ޝޯތަކާއި، އަދި މީގެ އިތުރުން ތަފާތު ޖޯންރާތަކާއި ބަސްތަކުން ފޯރުކޮށްދެއެވެ.
މިހަފްތާގައި (އޮކްޓޯބަރ 3-އޮކްޓޯބަރ 9 2022) ނެޓްފްލިކްސްގެ ކުރީގައި އުޅޭ 5 އިނގިރޭސި ނޫން ފިލްމު ރޭންކްކޮށްފައިވަނީ ހަފްތާ ތެރޭގައި ބަލާފައިވާ ގަޑިތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްފްލިކްސްގެ މެމްބަރުން ކޮންމެ ސުރުޚީއެއް ބަލާލި ޖުމްލަ ގަޑިތަކުގެ އަދަދު ކުރީ ހަފްތާގެ ހޯމަ – ހުކުރު ދުވަހު ދުނިޔޭގެ ފެންވަރުގައި ބެލުމަށް ފަހުއެވެ.
ނިމިދިޔަ ހަފްތާގައި ނެޓްފްލިކްސް މެދުވެރިކޮށް އެންމެ ގިނަ މީހުން ބަލާފައިވާ އިނގިރޭސި ނޫން ފިލްމުތައް:
5- ސާކިނީ ދާކިނީ

16 ސެޕްޓެމްބަރު 2022 ގައި ނިކުށް ސާކިނީ ދާކިނީއަކީ ތެލެގޫ އަށް ބިނާކޮށް އުފައްދާފައިވާ އެކްޝަން ކޮމެޑީ އިންޑިޔާގެ ފިލްމެކެވެ. މިފިލްމަކީ 2017 ވަނަ އަހަރު ދެކުނު ކޮރެއާގެ ފިލްމެއް ކަމުގައިވާ މިޑްނައިޓް ރަނާސްއަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަދި ނެޓްފްލިކްސްގެ ވީކްލީ ގްލޯބަލް ޓޮޕް 10 ގެ ޝަރުތު ހަމަވާ ސާކިނީ ދާކިނީ ވަނީ މި ހަފްތާގައި 1،370،000 ގަޑިއިރުގެ ހަމަކޮށްފައެވެ.
4- ރަންގާ ރަންގާ ވައިބަވަންގާ

މިއީވެސް ތެލުގޫ އިންޑިޔާ ފިލްމެކެވެ. މި ފިލްމަކީ 2 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ނިކުށް ލޯބީގެ ޑްރާމާއެކެވެ. ރަންގާ ރަންގާ ވައިބަވަންގާ ވަނީ މިކުރީ ހަފްތާ ނިމުނުއިރު 1،620،000 ގަޑިއިރު ސްޓްރީމްކޮށްފައެވެ.
3- އެތީނާ

އެތީނާ ނިކުމެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު، އަދި ނެޓްފްލިކްސައިން 23 ސެޕްޓެމްބަރު 2022 އިން ފެށިގެން ބެލުންތެރިންނާއި ހަމަޔަށް ގެނެސް ދެވިފައިވެއެވެ. މިއީ ފްރާންސްގެ އެކްޝަން ޑްރާމާ ފިލްމެކެވެ.
ޖުމްލަ 2،830،000 ގަޑިއިރުގެ ސްޓްރީމް ކުރެވިފައިވާ އެތީނާވަނީ ނެޓްފްލިކްސްގެ ވީކްލީ ގްލޯބަލް ޓޮޕް 10 ގެ 7 ވަނަ ހޯދައިފައެވެ.
2- ޓޯގޯ

ޓޯގޯ އަކީ ވޯލްޓް ޑިޒްނީ ޕްރޮޑަކްޝަންއިން ޑިސެމްބަރު 20، 2019 ގައި ނިކުށް އެމެރިކަން ހީސްޓޯރިކަލް އެޑްވެންޗާ ފިލްމެކެވެ.
ޓޯގޯ ވަނީ ނެޓްފްލިކްސްގައި ޓްރެންޑްކޮށް ޖުމްލަ 4،140،000 ސްޓްރީމްސް ހޯދާފައެވެ.
1- އޯލްޑް ޕީޕަލް
އޯލްޑް ޕީޕަލް އަކީ 2022 ވަނަ އަހަރު ނިކުމެފައިވާ ބިރުވެރި، އަދި ތްރިލާ ޖަރުމަނުވިލާތު ފިލްމެކެވެ.
އޯލްޑް ޕީޕަލް ވަނީ ޖުމްލަ 6،480،00 ގަޑިއިރު ސްޓްރީމް ކުރެވިފައެވެ.