ޓައިޕޭ ޒޫއިން ބުނީ އުމުރުން 18 އަހަރުގެ ފިރިހެން ޖަޔަންޓް ފެންޑާ "ޓުއާން ޓުއާން"ގެ ސިކުންޑީގައި ޓިއުމަރެއް އުފެދިފައިވާ ކަމަށް ޝައްކުކުރާކަމަށް

ދުނިޔެ

ޓައިވާނުން ލޯބިލޯބި ޕެންޑާއަށް ފަރުވާދިނުމަށް ޗައިނާގެ ތަޖުރިބާކާރުންގެ އެހީހޯދަނީ

ރާނިއާ - ދުނިޔެ | 30 އޮކްޓޯބަރ 2022 , އާދީއްތަ 10:29   293

ޓުއާން ޓުއާން ކިޔާ ޖަޔަންޓް ޕެންޑާ އަކީ އޭނާގެ ބްރީޑިން ޕާޓްނަރު ޔުއާން ޔުއާން އާއި އެކު 2008 ވަނަ އަހަރު ބެއިޖިން އިން ޓައިވާނަށް ދީފައިވާ ހަދިޔާއެކެވެ.

18 އަހަރުގެ ޕެންޑާ ދުވަހުން ދުވަހަށް ބަލިވަމުން އައުމާއިއެކު، ޓައިވާނުގެ ޒޫ ބަލަހައްޓާ ފަރާތްތުން ޝައްކުކުރަނީ އޭނާގެ ސިކުނޑީގައި ޓިއުމަރެއް ހުރި ކަމަށެވެ.

ދެ ޕެންޑާ ހަދިޔާކޮށްފައިވަނީ އަވަށްޓެރިންގެ މެދުގައިގުޅުން ބަދަހިވަމުންއަންނަ ދުވަސްވަރެއްގައެވެ. މި ދެޕެންޑާގެ ނަންތައް އެއްކޮލުމުން "ރީޔޫނިއަން" ނުވަތަ "އެއްބައިވަންތަކަން" ގެ މާނަ ހާމަވެގެންދޭ- މިއީ ޓައިވާން އަލުން ބެއިޖިންގެ ބާރުގެ ދަށަށް ގެންދާނެކަމަށް ދީފައިވާ އިންޒާރެއްގެ ގޮތުގައިވެސް މާނަކުރެވިދާނެއެވެ.

މިފަހުން ޓައިވާނައި ޗައިނާގެ ގުޅުންތައްވެސް ވަނީ ގޯސްވެފައެވެ.

ވެޓްސް ނުވަތަ ޖަނަވާރުންނާއި ގުޅޭ ޑޮކްޓަރުން އަންނާނެ އިރެއް ސާފެއް ނުވި ނަމަވެސް ޓައިވާނުގެ އޮފިޝަލުން ބުނީ ވިސާއަށް އެދޭ ފޯމުތައް ޕްރޮސެސް ކުރަމުންދާ ކަމަށެވެ.

ޓެގްސް: ޓައިވާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.