ސައިފް އަދި ދަރިފުޅު ތައިމޫރް ރާއްޖޭގައި، އަންހެނުން ކަރީނާ އާއި ހަގު ދަރިފުޅު މި ދަތުރުގައި ބައިވެރިވެފައި ނުވޭ

މުނިފޫހިފިލުވުން

ބޮލީވުޑް ތަރި ސައިފް އަލީ ޚާން ރާއްޖޭގައި

ރާނިއާ - ދިވެހި ރާއްޖެ | 31 އޮކްޓޯބަރ 2022 , ހޯމަ 08:36   266

ސައިފް އަލީ ޙާން އާއި އޭނާގެ 5 އަހަރުގެ ދަރިފުޅު ތައިމޫރު ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ. ނަމަވެސް ކަރީނާއައި ހަގު ދަރިފުޅު މިދަތުރުގައި ބައިވެރިވެފައި ނުވެއެވެ.

ރާއްޖެއަށް މިކުރި ދަތުރަކީ ވަރަށް ކުއްލި ދަތުރެކެވެ. ކަޕޫރް އާއިލާ ކުލަގަދަކޮށް ދިވާލީ ފާހަގަކުރުމަށް ފަހު ކަރީނާ އަވަސް ގޮތަކަށް ފޮޓޯ ޝޫޓެއްގައި ލަންޑަނަށް ކުޑަ ދަރިފުޅު ޖަހަންގީރް ގޮވައިގެން ލަންޑަނަށް ދަތުރުކުރިއެވެ. އަދި ސަައިފް މިފުރުސަތުގެ ބޭނުން ހިފައި ތައިމޫރު ގޮވައިގެން ރާއްޖޭގައި ހިތް ފަސޭހަ ދުވަސްކޮޅެއް ހޭދަކޮށްލަން އައީއެވެ.

މިދަތުރުގެ ފޮޓޯތަކުން ބައްޕައައި ދަރިފުޅު އެކި ތަފާތުކަންކަން ކުރަން ތިބޭތަން ފެނިގެން ދެއެެވެ. ފެތުމާއި، ހުންނަތަނުގެ ޝެފްއައި އެކު ޕިއްޒާ ހަދާތަންވެސް މިފޮޓޯ ތަކުން ފެނިގެންދެއެވެ.

އާއިލާއައި ގާތް މަސްދަރަކުން ސޯޝަލްމީޑިއާގައި ބުނެފައިވާ ގޮތުގައި ސައިފް އެމީހުންގެ ޗުއްޓީއައި ބެހޭގޮތުން މާ ބޮޑު ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި ސައިފް އަކީ ސޯޝަލް މީޑިއާއައި ގާތް މީހަކު ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.