މެޓާ އަދި ފޭސްބުކް ކުންފުނީގެ ފައުންޑަރ، މާކް ޒަކާބާގް

ޓެކްނޯލޮޖީ

މެޓާގެ ކުއާޓާލީ ފާއިދާ ދެބައިކުޅަ އެއްބައަށްވުރެ ދަށްވެ، ސްޓޮކް 17 އިންސައްތަ ދަށްވެއްޖެ

ރާނިއާ - ދުނިޔެ | 5 ނޮވެންބަރު 2022 , ހޮނިހިރު 13:37   142

މެޓާއިން ވަނީ ބުދަ ދުވަހު އެމީހުންގެ ދެވަނަ ކުއާޓަލީ އާމްދަނީ ރިޕޯޓް އާންމުކޮށްފައެވެ. ރިޕޯޓުގައި ވާގޮތުން، ކުންފުނީގެ މިކުއާޓާގެ ފާއިދާ ވަނީ ދެބައިކުޅަ އެއްބަޔަށްވުރެ ދަށްވެފައިކަން ހާމަކޮށްފައެވެ. އެ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމަށްވާ، އޮންލައިން އިޝްތިހާރުކުރުންތަކަށް، އިގްތިސާދީ ދަތިކަމަކާ ހެދި ގޮންޖެހުން އިތުރުވެ، 2023 ވަނަ އަހަރުގެ ކުރިން ބަދަލުތަކެއް ގެނައިސް ހަރަދުކުޑަކުރާނެ ކަމަށްވެސް މެޓާއިން ވަނީ ބުނެފައިވެއެވެ.

ސެޕްޓެމްބަރު މަސް ނިމުނުއިރު، 3 މަހުގެ ރިޕޯޓުގައި މެޓާއިން ރިޕޯޓްކޮށްފައިވާ ގޮތުން، ސާފު އާމްދަނީއަކީ ގާތްގަނޑަކަށް 4.4 ބިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަމަ އެ މުއްދަތުގައި ލިބުނު އަދަދުގެ ދެބައިކުޅަ އެއްބައި، މަދު އަދި ތަހުލީލުކުރާ ފަރާތްތަކުގެ ޕްރޮޖެކްޝަންތަކަށް ވުރެ ދަށް އަދަދެކެވެ.

މިރިޕޯޓް މެޓާއިން އާންމުކުރި ފަހުން ޓްރޭޑްކުރާ ގަޑިތަކަށްފަ މެޓާގެ ސްޓޮކްވަނީ 17 އިނސައްތައަށް ދަށް ވެފައެވެ.

އިންފްލޭޝަން އިތުރުވެ، ރިސެޝަނެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ދުވަސްވަރަކަށް ވުުމުން، ފާއިތުވި މަސްތަކުގައި އޮންލައިންކޮށް އިޝްތިހާރު ކުރުމަށް އޮތް ޑިމާންޑް ވަނީ ދަށްވެފައެވެ. މެޓާގެ ސީއެފްއޯ ޑޭވިޑް ވެހްނާ ރިޕޯޓާ ގުޅިގެން އެނަލިސްޓުންނާ ވާހަކަ ދެއްކުމަށްފަހު ބުނީ މެޓާގެ ޕްލެޓްފޯމްތަކުގެ ތެރެއިން އިޝްތިހާރެއްގެ އެވްރެޖް އަގު ކުއާޓާގެ ތެރޭގައި 18 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި މެޓާ އިން ލަފާކުރާ ގޮތުގައި ކުއާޓަރުގައި 30 ބިލިއަން ޑޮލަރާއި 32.5 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ޓެގްސް: މެޓާ ކުންފުނި ފޭސްބުކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.