ޓްވިޓާގެ ސިއީއޯ، އިލޯން މަސްކް

ޓެކްނޯލޮޖީ

އިންސާނީ ހައްގު ރައްކާތެރިކުރުމަށް އދ އިން މަސްކް އަށް އިލްތިމާސްކުރައްވައިފި

ރާނިއާ - ދުނިޔެ | 7 ނޮވެންބަރު 2022 , ހޯމަ 09:20   179

އދ ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް، ވޯލްކަރ ޓާކް ހޮނިހިރު ދުވަހު ވަނީ ޓްވިޓާގެ އާ ވެރިޔާ އިލޯން މަސްކް އަށް ލިޔުނު 'އޯޕަން ލެޓާއެއް' [ހުުޅުވިފައިވާ ސިޓީއެއް] ގައި "ޓްވިޓާ ބެލެހެއްޓުމުގައި އިންސާނީ ހައްގުތަކަކީ މައިގަނޑު އަސާސެއްގެ ގޮތުގައި ގެންގުޅުމަށް" އިލްތިމާސްކޮށްފައެވެ.

ޓްވިޓާ ކުންފުނިން ވަނީ ހުކުރު ދުވަހު އެކުންފުނީގެ ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި މިކަމުގެ އަސަރުތައް ޓްވިޓާގެ 'އެޗް އާރް' ޓީމަށް ވެސް ކޮށްފައިވާ ކަން ޓްވިޓާގެ މުވައްޒަފުން ކޮށްފައިވާ ޓްވީޓްތަކުން އިނގެއެވެ. މިއީ 'ވަރަށް ނޭދެވޭ ފެށުމެއް' ގެ ގޮތުގައި ޓާކްވަނީ މި އަމަލު ސިފަކޮށްފައެވެ.

ޓްވިޓާއަކީ މުވާސަލާތަށް ދުނިޔޭގެ ފެންވަރުގައި އިންގިލާބެއް ގެނެސްދީފައިވާ ވަސީލަތެއްކަން ފާހަގަކޮށް، އދ ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވިދާޅުވީ ޑިޖިޓަލް ޕަބްލިކް ސްކުއަރ އަށް ޓްވިޓާ ކުޅެފައިވާ ދައުރާ ބެހޭގޮތުން 'ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުން' ފާޅު ކުރާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ތަފާތުކުރުމާއި، އަނިޔާވެރިކަން އުފެއްދުމައި، ނަފްރަތަށް ޓްވިޓަރގައި އެއަވެސް ޖާގައެއް ނުބޭއްވުމަށެވެ. އަދި އެހެންމީހުންގެ ހައްގުތަކާ ޚިލާފު އެއްވެސް ކަމެއް ޕްރޮމޯޓް ނުކުރުމަކީވެސް ޓްވިޓާއިން ސަމާލުކަން ދޭން ޖެހޭނެކަމެއް ކަން ފާހަގަކުރިއެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.