ޓްވިޓާގެ ސީއީއޯ، އިލޮން މަސްކް

ޓެކްނޯލޮޖީ

އިލޮން މަސްކްގެ ނަން ބޭނުންކޮށްގެން ގިނަ ބަޔަކު ފޭކް ޓްވީޓްކުރާތީ އެފަދަ މީހުން ދާއިމީކޮށް ސަސްޕެންޑްކުރަނީ

ރާނިއާ - ދުނިޔެ | 9 ނޮވެންބަރު 2022 , ބުދަ 00:46   217

އެއްވެސް ޓްވިޓާ ހެންޑަލް އަކުން 'ޕެރޮޑީ' އެކައުންޓެއްގެ ގޮތަށް ސާފުވާ ގޮތަށް ބުނެފަ ނެތި މީހުން 'އިމްޕާސަނޭޓް' [އެހެން މީހަކަށް ހެދިގެން އުޅުން] ކުރާ ނަމަ ދާއިމީ ގޮތަށް ޓްވިޓާއިން ސަސްޕެންޑް ކުރެވޭނެ ކަމަށް އިލޮން މަސްކް ވަނީ ބުނެފައެވެ. މިއިންޒާރު ނެރެފައިވަނީ ބައެއް މަޝްހޫރު ފަރާތްތަކުން އިލޮން މަސްކްގެ ނަމަށް ޑިސްޕްލޭ ނަން ބަދަލުކޮށް ޓްވީޓް ކުރުމާއި ގުޅިގެންނެވެ.

"މީގެ ކުރިން އަޅުގަނޑުމެން ސަސްޕެންޑް ކުރުމުގެ ކުރިން އިންޒާރުދިން ކަމުގައިވިޔަސް، މިހާރު އަޅުގަނޑުމެން ފުޅާދާއިރާއެއްގައި ވެރިފިކޭޝަން ދެމުން ދާއިރު، އެއްވެސް އިންޒާރެއް ނުލިބޭނެ"، ޓްވިޓާގެ އާ ސީއީއޯ ވަނީ ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގަ ބުނެފައެވެ.

'އެއްވެސް ގޮތަކަށް ޑިސްޕްލޭ ނަމަށް ބަދަލެއް ގެނާއުމާއެކު' ވަގުތީ ގޮތުން ވެރިފައިޑް ޗެކްމާކެއް ގެއްލިގެންދާނެ ކަމަށްވެސް މަސްކް ވަނީ ބުނެފައެވެ.

އާއްދީތަ ދުވަހުގެ ހަވީރު ވަގުތުގައި އިލޮން މަސްކް، ނުވަތަ އިލޮން މަސްކްގެ ނަމާއި ކައިރި ނަމަކަށް ޑިސްޕްލޭ ނަން ބަދަލުކޮށްފައިވާ ގިނަ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކުރެވިފައި ނުވަތަ އިންޒާރުގެ ނިޝާނެއްގެ ނަމުގެ ފަހަތުގައި ފެންނަން ހުއްޓެވެ. އެމެރިކާގެ ކޮމެޑީ ތަރި ކެތީ ގްރިފިން އާއި އޮސްޓްރޭލިއާގެ ސެޓިރިކަލް ވެބްސައިޓް ދަ ޗޭސަރ ފަދަ އެކައުންޓްތައް މީގެ ތެރޭގައި ހިމެނެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.