އިރުމަތީ ދެކުނު އޭޝިއާގެ އެ ގައުމުގައި އޮގަސްޓް މަހުން ފެށިގެން 'އެކިއުޓް ކިޑްނީ އިންޖަރީ' ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ދިޔާ ބޭސް ވިއްކުން މަނާކޮށްފައިވޭ

ދުނިޔެ

ސިރަޕް ބޭސްތަކުގެ ސަބަބުން އިންޑޮނޭޝިޔާގައި މަރުވި ކުދިންގެ އަދަދު 195 އަށް

ރާނިއާ - އޭޝިއާ | 9 ނޮވެންބަރު 2022 , ބުދަ 07:49   256

ކިޑްނީ ފޭއިލްވެގެން ނުވަތަ ސިރަޕް ބޭސްތަކުގައި ހުންނަ ނުރައްކާތެރި މާއްދާއެއްގެ ސަބަބުން 195 ކުދިން މަރުވެފައި ވާކަމަށް އިންޑޮނޭޝިޔާއިން ވަނީ މިއަދު ބުނެފައެވެ.

މުޅި އިންޑޮނޭޝިޔާގެ އަތޮޅުތަކުން އެކިއުޓް ކިޑްނީ ފެއިލިއާ (އޭކޭއައި)ގެ 320 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކުރެވިފައިވާ ކަމާއި، އަދިވެސް 27 ޕޭޝަންޓާކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވާކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު ސިޔާރީލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގާއިވަނީ ވިދާޅުވެފައެވެ.

މިބަލި ޖެހިފައިވާ ގިނަ ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. ޓެސްޓްތަކުން ދައްކާ ގޮތުގާއި ގިނަ ކުުދިން މަރުވެފާއިވަނީ މާގިނައިން އެތިލީން ގްލައިކޮލް އާއި ޑައިއެތިލީން ގްލައިކޮލް ހިމެނޭ ޝިރަޕްތަކުގެ ސަބަބުންނެވެ. މިއީ އެންޓިފްރީޒް ފަދަ ސިނާއީ އުފެއްދުންތަކުގައި ބޭނުންކުރާ ދެ ކޮމްޕައުންޑެއް ކަމަށް ސިޔާރީލް ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ގައުމީ ކާބޯތަކެއްޗާއި ބޭސް އެޖެންސީއިން މިދިޔަ މަހު ވަނީ ނުރައްކާތެރި މިންވަރަކަށް މިކޮމްޕައުންޑްތައް ހިމެނޭ ފަސް ސިރަޕް ބޭހެއް ނަން ހާމަކޮށް، އެ އުފެއްދުންތައް ބާޒާރުން ނަގައި ނައްތާލުމަށް އަމުރުކޮށްފައެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.