ޖީމެއިލް އަކީ ގޫގުލް އިން ފޯރުކޮށްދޭ ހިލޭ އީމެއިލް ހިދުމަތެއް، 2018ގެ ނިޔަަލަށް 1.5 ބިލިއަން މީހުން މިޚިދުމަތް ބޭނުން ކުރަމުންދޭ

ޓެކްނޯލޮޖީ

ޖީމެއިލް - ކުރީ ޑިޒައިން އަށް އަނބުރާ ދިއުމުގެ އިޚްތިޔާރުދިނުން ހުއްޓާލަނީ

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 09:16   314

އާ ޖީމެއިލް އިންޓަފޭސް [ބޭނުންކުރާގޮތް] އަކީ ބޭނުންކުރާ ފަރާތްތަކަށް ލިބޭ ސްޓޭންޑަޑް އެކްސްޕީރިއަންސްއެއް ކަމަށް ގޫގުލް އިން ވަނީ އިއްޔެ ބުނެފައެވެ.

އެ ކުންފުނިން ފުރަތަމަ އާ އިންޓަފޭސް ނެރެފައިވަނީ މިއަހަރުގެ ކުރީކޮޅު ކަމަށްވިޔަސް ބޭނުންކުރާ ފަރާތްތަކަށް އަނބުރާ ކުރީގެ އިންޓަފޭސްއަށް އެނބުރި ދިއުމުގެ އިހްތިޔާރު އޮތެވެ. ނަމަވެސް، މި މަހުން ފެށިގެން ކުރީގެ އިންޓަފޭސްއަށް އެނބުރި ދިއުމުގެ އިހްތިޔާރު ޔޫޒަރުންނަށް ދެން ނުލިބޭނެއެވެ.

"ވިންޑޯގެ ވައަތްފަރާތުގައި ހުންނަ ޖީމެއިލް، ޗެޓް، ސްޕޭސް، އަދި މީޓް އާއި އެކު 'އިންޓަގްރޭޓެޑް ވިއު' އަކީ ވެސް ޗެޓް އޮންކޮށްފައިވާ ޔޫޒަރުންނަށް ސްޓޭންޑަޑް ވިއުއަކަށް ވެގެންދާނެ"، ގޫގުލްވަނީ ބްލޮގް ޕޯސްޓެއްގައި ބުނެފައެވެ. އަދި އަވަސް ސެޓިންގްސް މެދުވެރިކޮށް މި އާ އިންޓަފޭސް ކަސްޓަމައިޒްކޮށް ތިމާއަށް އެންމެ މުހިންމު އެޕްތައް ހިމަނާލެވޭނެކަމަށްވެސް ކުންފުނިން ވަނީ ބުނެފައެވެ.

ގޫގުލް އިން ފާހަގަކުރާ ގޮތުގައި އާ އިންޓަފޭސް ކަސްޓަމައިޒް ކުރުމުގެ ގާބިލްކަމުގެ ސަބަބުން އަވަސް ގޮތެއްގާއި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަށް ފަރުވާތެރިވުމަށް ފަސޭހަވެގެންދާނެއެވެ. ހަމަ އެހެންމެ އެކި އެޕްލިކޭޝަންތަކާއި ވިންޑޯ ނުވަތަ ޓެބްތައް ބަދަލުކުރަން ޖެހޭ މިންވަރުވެސް މަދުވާނެކަން ގޫގުލް އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މި އާ ބަދަލާއެކު ޖީމެއިލްގެ ވާތްފަރާތުގައި ޗެޓް ކޮންފިގްރޭޓް ކުރުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ދެން ނުލިބޭނެ ކަމެވެ.

ގޫގުލް އިން އާ އިންޓަފޭސް ސްޓޭންޑާޑް އިންޓަފޭސް އަށް ހެދުމަކީ ހައިރާން ކުރުވަނި ކަމަކަށް ނުވިކަމުގާއި ވިޔަސް، މިއީ ކުރީގެ އިންޓަފޭސް އިހްތިޔާރު ކުރި ޔޫޒަރުންނަށް އެހާ ހިތް ހަމަ ޖެހޭ ކަމަކަށް ނުވެ ދާނެއެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.