އެމެޒޯން އަކީ ރަސްމީކޮށް ހުއްދަ ދީފައިވާ އެޕަލް ރީސެލަރއެއް

ވިޔަފާރި

އެޕަލްއާއި އެމެޒޮންއިން ރާވާއިގެން އައިފޯން އަދި އައިޕެޑްގެ އަގު ބޮޑު ކުރިކަމަށް ވަނީ ދައުވާކޮށްފި

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 14:15   171

މިދިޔަ ބުދަ ދުވަހު އެޕަލް އާއި އެމެޒޯންގެ މައްޗަށް ވަނީ އެންޓިޓްރަސްޓް ދައުވާއެއްކޮށްފައެވެ. މިއީ އެމެޒޮންގެ ވެބްސައިޓުން އެޕަލްގެ އާ އުފެއްދުންތަކުގެ އެހެން ހުރިހާ ރީސެލަރުން ނައްތާލައި އައިފޯނާއި އައިޕެޑްގެ އަގުތައް މައްޗަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވާ ތުހުމަތުތަކާއި ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.

ސީއެޓްއެލްގެ ފެޑެރަލް ކޯޓުގައި ހުށަހެޅި ކްލާސް އެކްޝަންގައި އިއުތިރާޒުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި އެއްބަސްވުމަކަށެވެ. މި އެއްބަސްވުމުގެ ދަށުން އެޕަލް އިން އެމެޒޯނަށް އެ ކުންފުނީގެ އުފެއްދުންތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވާއިރު، އޭގެ ބަދަލުގައި އެމެޒޯން އިން 600 ރީސެލަރުންގެ ތެރެއިން އެންމެ ހަތް ރީސެލަރުންނަށް އެ ކުންފުނީގެ ޕްލެޓްފޯމް ބޭނުންކުރުމުގެ ހުއްދަ ދިނެވެ.

މިކަމުގެ ސަބަބުން އެމެޒޯން ވެބްސައިޓުގައި އާ އައިފޯނާއި އައިޕެޑްގެ ޑޮމިނެންޓް ރީސެލަރަކަށް ބަދަލުވި ކަމަށް ޝަކުވާގައިވެއެވެ. މީގެ ކުރިން އެމެޒޯނުގައި މަދު އަދަދަކަށް އެފަލްގެ އުފެއްދުންތައް ތިބި ކަމުގަި ވިޔަސް ގިނައީ ފޭކް އެޕަލް އުފެއްދުންތައް ކަމަށް ފާހަގަކޮށްލެވެއެވެ.

އެމެޒޯންގައި ވިއްކަމުން ދިޔަ އައިފޯން އަދި އައިޕެދުގެ އަގުތައް 10 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެޕަލް އިން ރީޓެއިލް ފިހާރަތަކުން ނަގާ އަގުތައް ހަމައަކަށް އެޅުވި ކަމަށްވެސް ޝަކުވާގައިވެއެވެ. ކުރިން އާންމުކޮށް ލިބިގެންދިޔަ 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓްތައް މިހާރު ނުލިބޭ ކަމަށް ވެސް ޝަކުވާގައި ހިމެނެއެވެ.

ނަން ދީފައިވާ ދައުވާ ކުރާ ފަރާތަކީ ޕެންސިލްވޭނިއާގެ ވިލިއަމްސްޕޯޓްގެ ސްޓީވަން ފްލޮއިޑް އެވެ. އޭނާ ބުނީ އެމެޒޯނުން ގަތް އާ އައިޕެޑަކަށް އެ ކުންފުނީގެ ވެބްސައިޓުގައި 319.99 ޑޮލަރު ދެއްކި ކަމަށާއި، ވާދަވެރިކަން ފިލުވާލާފައިވާތީ އެއަށްވުރެ އަގުހެޔޮކޮށް އޭނާއަށް އައިޕޭދު ގަތުމުގެ ފުރުސަތުވެސް ލިބިފައި ނުވާކަމަށެވެ.

ޓެގްސް: އެޕަލް އެމޭޒަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.