އދ.ގެ އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، 2030 ވަނަ އަހަރު ދުނިޔޭގެ އާބާދީ ގާތްގަނޑަކަށް 8.5 ބިލިއަން މީހުންނަށް އިތުރުވާނެ

ދުނިޔެ

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި

ރާނިއާ - ދުނިޔެ | 13 ނޮވެންބަރު 2022 , އާދީއްތަ 10:57   220

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެ ކަމަށް އދ އިން ލަފާކުރެއެވެ. އަދި އ.ދ. އިން ނެރުނު އިތުރު ރިޕޯޓެއްގައި ބުނެފައި ވަނީ 2023 ވަނަ އަހަރު ޗައިނާގެ ބަދަލުގައި އިންޑިއާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް ވާނެ ކަމަށެވެ.

މި ޕްރޮޖެކްޝަން ހާމަކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ދުނިޔޭގެ އާބާދީ ދުވަހު އާންމުކުރި އދ ގެ ބައިނަލްއަގްވާމީ 'ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް 2022' ގައެވެ. އަދި 1950 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ އާބާދީ އިތުރުވުން 2020 ވަނަ އަހަރު އެއް ޕަސެންޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ 2050 ވަނަ އަހަރާ ހަމައަށް އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރުވާނީ އެންމެ އަށް ގައުމެއްގައި ކަމަށެވެ. މިގައުމުތަކަކީ ކޮންގޯ، މިސްރު، އިތިއޮޕިއާ، އިންޑިއާ، ނައިޖީރިއާ، ޕާކިސްތާން، ފިލިޕީންސް އަދި ޓެންޒޭނިއާ އެވެ.

އދ ގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2030 ވަނަ އަހަރު ދުނިޔޭގެ އާބާދީ ގާތްގަނޑަކަށް 8.5 ބިލިއަން މީހުންނަށް އިތުރުވެ، 2050 ވަނަ އަހަރު 9.7 ބިލިއަނަށް އިތުރުވެ، 2080 ގެ އަހަރުތަކުގައި ގާތްގަނޑަކަށް 10.4 ބިލިއަނަށް އަރާފާނެ ކަމަށް ބެލެވެއެވެ.

"ހަމައެއާއެކު، އެއީ އަޅުގަނޑުމެންގެ ޕްލެނެޓަށް އަޅާލުމުގެ އަޅުގަނޑުމެންގެ ހިއްސާވާ ޒިންމާ ހަނދާންކޮށް، އަދިވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ކުރާ ވަޢުދުތަކުން ދަށްވާ ތަންތަނާ މެދު ވިސްނާލުމަށް ލިބޭ ހިނދުކޮޅެއް"، ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ޓެގްސް: އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.