ވޮއިސް ޝޮޕިން އަކީ އަޑާއި ފޯނު، ޓެބްލެޓް ނުވަތަ ސްމާޓް ސްޕީކަރ ފަދަ ކޮމްޕެޓިބަލް ސްމާޓް ޑިވައިސްއެއް ބޭނުންކޮށްގެން އޮންލައިންކޮށް އެއްޗެހި ގަތުން

ޓެކްނޯލޮޖީ

އެމެރިކާގައި ވޮއިސް ޝޮޕިން ލޯންޗް ކުރަން ޓިކްޓޮކުން މަސައްކަތްކުރަނީ

ރާނިއާ - އެމެރިކާ | 15 ނޮވެންބަރު 2022 , އަންގާރަ 10:30   180

ޓިކްޓޮކްގެ ޕޭރެންޓް ކުންފުނި ބައިޓްޑާންސް އިން ސެޕްޓެމްބަރު މަހު އެމެރިކާގެ ޓްރޭޑްމާކް އެޕްލިކޭޝަނެއް ހުށަހެޅިއިރު، އޭގެން ދައްކާ ގޮތުގައި ޓިކްޓޮކް އިން އާ ޓެކްނޮލޮޖީއެއް ތަޢާރަފްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާގައި އޮންލައިންކޮށް ޝޮޕިން ކުރުމުގެ މަސައްކަތް ކުރިއެރުވުމަށް ޓިކްޓޮކުން އަންނަނީ އަޑުން ޝޮޕިން ކުރެވޭނެ އާ ޓެކްނޮލޮޖީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ޓެކްނޮލޮޖީއަކީ އެމެޒޯން އާއި ގޫގުލްއާ ވެސް ވާދަކުރާނެ ޓެކްނޮލޮޖީއެކެވެ.

"ބައިޓްޑާންސް ފަދަ ބޮޑު ކުންފުންޏަކުން ޓްރޭޑްމާކް އެޕްލިކޭޝަނެއްގައި ޓެކްނޮލޮޖީގެ ފުޅާ އެޕްލިކޭޝަނެއް ތައާރަފްކުރުމަކީ ވަރަށް އާންމު ކަމެއް. އެކަމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިދާއިރު މިކަންކަން ގުޅިފައިވެސް ނުވެދާނެ. ވިޔަފާރިވެރިން ބައްދަލުވުންތަކުގައި ދައްކާ ވާހަކަތަކާއި ބައްދަލުވުންތަކުގައި ވަކީލުންނަށް އަޑުއިވޭ އެއްޗަކީ ވަރަށް ތަފާތު ކަންތައްތަކަކަށް ވެދާނެ"، ގާބަން ގާނޫނީ ލަފާދޭ ކުންފުނީގެ ޖޯޝް ގާބަން ވަނީ ބުނެފައެވެ.

ޓިކްޓޮކުން ބޭނުންވާ ކޮންމެ ޓްރޭޑްމާކް އެޕްލިކޭޝަނެއް ވެސް ފައިލް ކުރެވޭނެ ކަމަށްވެސް ގާބަން ވަނީ އިތުރަށް ބުނެފައެވެ. ކޮންމެ މުދަލަކާއި ހިދުމަތެއް ފޯރުކޮށް ދިންކަމުގާއި ވިޔަސް އެޕްލިކޭޝަން ފާސްވުމުގެ ކުރިން މުދަލާއި ހިދުމަތަތައް ހުށަހަޅަން ޖެހޭނެއެވެ.

ޓިކްޓޮކްގެ ތަރުޖަމާނު، ލޯރާ ޕެރެކްސް ވަނީ މި އާ ތަރައްގީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގައި އެ ފީޗާ ޓެސްޓް ކުރަމުންދާ ކަމަށް އޭނާ ބުނިކަމުގާއިވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގައި ޓިކްޓޮކް ޝޮޕްގެ އުފެއްދުންތަކަށް ފޯކަސް ކުރުމުގެ ގޮތުންވަނީ ޓޮޕް އެޑް އެގްޒެކެޓިވްއެއް އެތަނަށް ގެނެސްފައެވެ. އޯޑިއޯ ޓެކްނޮލޮޖީއަކީ ޓިކްޓޮކްގެ ބޮޑު ފޯކަސްއަކަށް ވުމުން، ޓިކްޓޮކުން މިހާރު ދަނީ ސްޕީޗް ރިކޮގްނިޝަން އާއި ގުޅުން ހުރި ބައެއް މަގާމުތަކަށް މީހުން ހޯދަމުންނެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.