ޓެސްލާގެ ސީއީއޯ ވަނީ އޭނާ ޓްވިޓާ ގަތުމަށްފަހު ދުވާލާއި ރޭގަނޑު މަސައްކަތް ކުރަން ޖެހިފައިވާކަމަށް ބުނެފައި

ވިޔަފާރި

މަސްކް، ޓްވިޓާ ގަތުމަށް ފަހު އޭނާގެ މަސައްކަތް ބުރަ ވެފާއިވާ ކަމަށް ބުނެފި

ރާނިއާ - ދުނިޔެ | 19 ނޮވެންބަރު 2022 , ހޮނިހިރު 11:19   142

އިލޯން މަސްކް ޓްވިޓާ ގަތުމަށް ފަހު އޭނާ މިހާރު 'މާ ގިނަ މަސައްކަތް' ކުރަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ޖީ20 ފޯރަމްގާއި ބުނެފައެވެ.

ސޯޝަލް މީޑީއާ ޖަޔަންޓް، ޓްވިތާ، 44 ބިލިއަން ޑޮލަރަށް ގަތުމަށްފަހު ހެނދުނު ހޭލާ ގޮތުން ފެށިގެން ރޭނގަނޑު ވަންދެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާ ހިމެނޭ ގޮތަށް އިތުރު ހަތަރު ކުންފުންޏެއް ހިންގާ މަސްކަ ހޯމަ ދުވަހު ޖީ20 ސަމިޓުގާއި ކުރިއަށް ދިޔަ ބިޒްނަސް ފޯރަމްގައި ބައިވެރިވަމުން ވަނީ ބުނެފައެވެ.

ބީ20 ސަމިޓުގައި ބިލިއަނަރު މިހެން ވިދާޅުވެފައި ވަނީ ޓްވިޓާގައި ހަލަބޮލި ހަފްތާތަކަކަށް ފަހުގައެވެ. ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ހައި ޕްރޮފައިލް މީހުން އިސްތިއުފާ ދިނުމާއި، އިޝްތިހާރު ކުރާ މީހުން ފިލައިގެން ދިއުމާއި، ފޭކް އެކައުންޓްތަކުގެ އަދަދު ގިނަ ވުމަކީ މަސްކް ޓްވިޓާ ގަތުމަށް ފަހު ހިނގާފައިވާ ކަންކަމެވެ.

ހުކުރު ދުވަހު ޓްވިޓާއިން ވަނީ އާންމު ފަރާތްތަކާއި ކުންފުނިތަކުގެ ނަމުގާއި ހަދާފައިވާ ފޭކް އެކައުންޓްތަކުން ޕްލެޓްފޯމް ފެންބޮޑުވުމުން 8 ޑޮލަރުގެ ބްލޫ ޗެކް މާކް ސަބްސްކްރިޕްޝަނުގެ ހިދުމަތް ހުއްޓާލާފައެވެ. ފޭކް އެކައުންޓުތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި އެންބީއޭގެ ތަރި ލެބްރޯން ޖޭމްސް އާއި ކޮމްޕިއުޓަރު ގޭމް ޖަޔަންޓް ނިންޓެންޑޯ ހިމެނިގެން ދެއެވެ.

ކުރީގެ ވެރިފިކޭޝަން ސިސްޓަމަށް ފާޑުކިޔުމަށް ފަހު މަސްކް ވަނީ މިދިޔަ ހަފްތާގައި ހުރިހާ ޔޫޒަރުންނަށް މަހު ފީއެއް ދައްކައިގެން ބްލޫ ޗެކް މާކް ލިބޭނެ ގޮތަށް ހަދާފައެވެ.

ކުރިން ބްލޫ ޗެކްމާކަކީ ހިލޭ ސާބަހަށް މަޝްހޫރު ފަރާތްތަކަށާއި، އާންމު މަސްލަހަތު އޮތް ކަމަށް ބެލެވޭ އެހެން އެކައުންޓްތަކަށާއި ނޫސް އޭޖެންސީތަކަށް ލިބެމުންދިޔަ އެއްޗެކެވެ. ނަމަވެސް މަސްކް ވަނީ މިއީ ވަރަށް 'ކްލާސިސްޓް' ސިސްޓަމެއް ކަމަށް ފާޑު ކިޔާއި އެންމެންނަށް ވެސް 8 ޑޮލަރަށް ބްލޫ ޗެކްމާކް ލިބޭ ގޮތް ހަދާދީފައެވެ.

ޓެގްސް: އީލާން މަސްކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.