ނިއުޔޯކް ފެޝަން ވީކްގެ ތެރެއިން :ޓޮމް ފޯޑްގެ 2023 ސްޕްރިންގް ޝޯ

ވިޔަފާރި

އެސްޓީ-ލޯޑާރ އިން ޑިޒައިނަރ ބްރޭންޑް ޓޮމް ފޯޑް ގަންނަނީ

ރާނިއާ - ދުނިޔެ | 19 ނޮވެންބަރު 2022 , ހޮނިހިރު 11:57   241

އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ޑިޒައިނަރު ޓޮމް ފޯޑްގެ ކުންފުނި 2.3 ބިލިއަން ޑޮލަރަށް ގަތުމަށް ލަގްޒަރީ ބިއުޓީ ބްރޭންޑް އެސްޓޭ ލޯޑާރ އިން ވަނީ އެއްބަސްވެފައިވާ ކަމަށްވެއެވެ.

ފޯޑްގެ ވިޔަފާރީގެ އަގު 2.8 ބިލިއަން ޑޮލަރަށް އަރާ މި ޑީލްގާއި ފެޝަން ސުޕަސްޓާ ޓޮ،މް ފޯޑް އަންނަ އަހަރު ނިމެންދެން ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމުގައި ދެމިހުންނާނެ ކަމަށްވެސް މިބަޔާނުގާއި ވެއެވެ.

އެސްޓޭ ލޯޑަރ ކޮމްޕެނީސް (އީއެލްސީ) ގެ ބާރުގެ ދަށަށް ޓޮމް ފޯޑްގެ ބްރޭންޑް ގެނައުމުން "އެކާވީސް ވަނަ ގަރުނުގެ ދުނިޔޭގާއި އެންމެ ފާހަގަކޮށްލެވޭ އެއް ލަގްޒަރީ ބްރޭންޑްގެ ގޮތުގައި ޓޮމް ފޯޑްގެ ބްރޭންޑް ކުރިއަށް ދާނެ" ކަމަށް ވެސް އީއެލްސީއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

މިހާރުވެސް އެސްޓޭ ލޯޑާރއާއި އެކު 2030 ވަނަ އަހަރާއި ހަމަޔަށް ލައިސެންސް އެއްބަސްވުމެއް އޮންނަ ޓޮމް ފޯޑް ބިއުޓީގެ ކޮސްމެޓިކްސް އަދި ފްރޭގްރެންސް ކަލެކްޝަންވެސް މި ޑީލްގާއި ހިމެނެއެވެ. އަދި އެ ބްރޭންޑްގެ ފިރިހެނުންނާއި އަންހެނުންގެ ފެޝަން ލައިންތަކާއި، އައިވެއާ ލޭބަލްއާއި، އެކްސެސަރީޒް އަދި އަންޑަރވޭއާ ޑިވިޝަންތަކުގެ ލައިސަންސް ވެސް ހިމެނޭ ކަމަށްވެސް ސްޓޭޓްމެންޓްގައި ބުނެފައިވެއެވެ.

2005 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޭނާގެ ބްރޭންޑް ތައާރަފްކޮށްފައިވާ ފޯޑަކީ މިހާރު 'ކައުންސިލް އޮފް ފެޝަން ޑިޒައިނަރސް އޮފް އެމެރިކާ'ގެ ވެރިޔާ އެވެ.

ޓެގްސް: ބޮޑެތި ނަންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.