ޗައިނާއަކީ އެގައުމުގެ ކޯވިޑް-ޒީރޯ ސިޔާސަތު ތަންފީޒުކުރުމުގައި މަޝްހޫރު ޤައުމެއް

ދުނިޔެ

ޗައިނާ، ކޮވިޑް ކޭސްތައް އިތުރު، އެކަމަކުވެސްބެއިޖިންގް އިން ވަނީ ބައެއް ލުއިތަކެއް ދީފައި

ރާނިއާ - އޭޝިއާ | 17 ނޮވެންބަރު 2022 , ބުރާސްފަތި 09:28   209

ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު މަސްތަކެއްގެ ތެރޭގައި އެންމެ މަތީ ދަރަޖައަށް ޗައިނާގާއި އަރާއިފާއިވި ނަމަވެސް ޗައިނާއިން ވަނީ ކޯވިޑްއާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއިތަކެއްދީފައެވެ.

މީގެ ކުރިން ޑައިރެކްޓް ކޮންޓެކްޓް ކޭސްތަކުގެ ކަރަންޓީން ވަނީ ހަތް ދުވަސް ވަންދެން ދައުލަތުގެ ފެސިލިޓީއެއްގާއި ތިބެން މަޖުބޫރުވެފައި ކަމުގައިވިޔަސް މިހާރު ވަނީ ފަސް ދުވަހާއި ތިން ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭ ބަންދަށް ޑައިރެކްޓް ކޮންޓެކްޓް ކޭސްތަކުގެ ކަރަންޓީން ބަދަލުކުރެވިފައެވެ.

އަދި ހަމަ އެހެންމެ އޮފިޝަލުން ސެކެންޑަރީ ކޮންޓެކްޓެ ކޭސްތައް ޓްރެކް ކުރުން ހުއްޓުމާއި އެކު ކަރަންޓީން ވާން ޖެހޭ މީހުންގެ އަދަދުވެސް މަދުވެގެންދާނެއެވެ.

މި ކުޑަ ލުއިކަމެއް ލިބިފައިވަނީ ތާރީހީ ތިންވަނަ ދައުރަކަށް ޕާޓީގެ ލީޑަރުގެ މަގާމަށް ޝީ ޖިންޕިން އަލުން ހަމަޖެއްސެވިތާ ހަފްތާތަކެއް ފަހުންނެވެ. ޝީ ވަނީ އަލަށް އިންތިހާބުވި ދާއިމީ ކޮމިޓީއާ އެކު ފުރަތަމަ ކޮވިޑް ބައްދަލުވުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފައެވެ.

ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތުގެ ސަބަބުން 1.4 ބިލިއަން މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް އިގްތިސާދަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ލޮކްޑައުންތަކާއި ދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން އާންމުންގެ ވަރުބަލިކަން ވަނީ އިތުރުވެފައެވެ.

ޓެގްސް: ޗައިނާ ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.