ތިޔޭ މިހިތުގެ ވިންދަކީ...(3)

މުނިފޫހިފިލުވުން

ވާހަކަ: ތިޔޭ މިހިތުގެ ވިންދަކީ...(3)

އަލްމާ - އެހެނިހެން | 30 ނޮވެންބަރު 2022 , ބުދަ 22:06   290

"ޑރ.އަމާނީ " އެވަގުތު ތިބި ތަނުގެ އިހްސާސްް ކުރެވުނީ ކޮންމެވެސް މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. ސިއްސައިގެން ގޮސް އަދްޔަންގެ އަތުގެ ތެރެއިން ދެމިގަނެ ކޮޅަށް ތެދުވުނީ ހޮސްޕިޓަލްގެ ބޮޑުމީހާ ކުރިމަތީގައި ހުރިތަން ފެނުމުންނެވެ. އޭނާއާއި އެކުގައި އަދްޔަން ފަސްކޮށް ދެވުނު ފަހުން އަނެއްކާވެސް ފަސްއެނބުރި ބެލުމަށް މަޖްބޫރުވީ ތޫލި އަޑަކުން އަންހެން ކުއްޖަކު އަދްޔަން އޭ ކިޔާލާފައި ގޮވާލުމުންނެވެ. އެދުވަހު ރެސްޓޯރުންޓްއިން ފެނުނު އަންހެންކުއްޖާ ގޮސް އަދްޔަން ގެ ގައިގައި ބައްދައިލިތަން ފެނުމުން ގައިން ހީބިހި ނެގި ކަހަލައެވެ. އެ އަންހެން ކުއްޖާ ހުރީ ނަަރުސް ޔުނިފޯރމްގައެވެ. އެވަގުތު އަހަރެންނަށް ކޮންމެދުވަހަކުވެސް އެ އަންހެން ކުއްޖާގެ ސޫރަ ފެންނާނެ ކަމުގެ އިހްސާސްވިއެވެ. ބޭ އިހްތިޔާރުގައި ބޯޙުރާލެވުނެވެ. އަވަސް ހިނގުމެއްގައި ގޮސް އަހަރެންގެ ކެބިން އަށް ވަނީ އަހަރެންގެ ޝިފްޓު ފެށޭ ގަޑިޖެހުމާވެސް އެކުގައެވެ.

އަމިއްލަ ނަފްސާއެކު ހަނގުރާމަ ކުރުމާއެކު ﷲގެ އިރާދަފުޅުން ވަޒީފާގެ ފުރަތަމަ ދުވަސް ނިމިއްޖެއެވެ. ގޭގެ ކޮޓަރިއަށް ވަދު ވަރުބަލި ފިލުވާލުމަށްޓަކައި އޮށޯވެލީމެވެ. ރެސްޓޯރެންޓުން އަދި ހޮސްޕިޓަލުން ފެނުނު މަންޒަރު ހަނދާންވުމާއެކު ދެލޮލުން މަޑުމަޑުން ކަރުނަ އޮހެންފެށިއެވެ. ކައިރީގައި އޮތް ދަބަސް ތެރެއިން ފޯނުނަގައި ވައިފައި ޖެއްސުމާއެކު ފުރަތަމަ ވެސް އައި ނޮޓިފިކޭޝަން އަކަށް އައީ އަދްޔަން މެސެޖެއް ކުރި ކަމުގެ ނޮޓިފިކޭޝަންއެވެ.

އަހަރެން އެ މެސެޖެއް ނުހުޅުވަމެވެ. މިވަގުތަކީ އެންމެ ރަނގަޅު ވަގުތައް ނުވާތީއެވެ. މިވަގުތު އިހްސާސް ކުރެވެމުންދާ އަދި ހިތުގަައި އަޅަމުންދިޔަ ވޭންތަކާއި ހުރެ އަހަރެން ބުނަން ބޭނުން ނުވާ އެއްޗެއް އަދްޔަނާއި ދިމާއަށް ބުނެވިދާނެތީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. " އަދްޔަން މީ ކޮންކަހަލަ މީހެއްތަ ؟ އަހަރެން މެލޭގައި ހުރިއިރު އަބަދު އަބަދު ބިޒީ މިހާރު އަހަރެން މާލެ އައިކަން އެގުނީމާ.. އަހަރެންގެ އިހްްސާސްތަކާއެކު އެ އަންހެން ކުއްޖާގެ އިހްސާސް ތަކާއި ވެސް ކުޅޭއިރު އަދްޔަން ގެ ހިތަށް އެކައްޗެކޭވެސް ނާރަނީތަ.. އަހަރެންނަށް އަދްޔަން ދެކެ ލޯބިވެވުނީ ކީއްވެ ؟ ކީއްވެ ؟......."

"އަމާނީ... މި ދޮރުހުޅުވަބަލަ." ބޭރުން ގޮވާލީ ނިހާއެވެ. ކުރިމަތީގައި ހުއްޓިހުރި ނިހާ ފެނުމުން އަހަރެންގެ ލޮލުން އަނެއްކާވެސްް ކަރުން އޮހެން ފެށިއެވެ. އަދި މިއަދު ކަންތައް ހިނގާ ދިޔަ ގޮތްވެސް ކިޔައިދިނީމެވެ. އަދި ރަށަށް ދާން ބޭނުންވާ ވާހަކަވެސް ބުނީމެވެ. އަހަރުމެން 5 މީޙުން ، ނިހާ ، ނާހި ، ދިމާ ، އައިރާ އަދި އަހަރެންވެސް ކިޔެވުން ނިންމުމަށްފަހު އެއްއަހަރު ވަންދެން މާލޭގައި ވަޒީފާ އަދާކުރުމަށް ނިންމީ އެކުއެކީގައެވެ. އެހެންކަމުން އެމީޙުންނަށް ވުރެ ފަހުން އަހަރެންގެ ދިރިއުޅުމަށް އައި ޒުވާނަކާ ހުރެ އަހަރެންނަށް އަހަރެންގެ ހަޔާތުގައި އަހަރެންނަށް ކުރިމަތިލާންޖެހުނު ދަތިތަކާއި ހިތާމަވެރި ދުވަސްތަކުގައި އަހަރެންގެ ގާތުގައި އަބަދުވެސް ތިބި އަހަރެންގެ އެ އެކުވެރިން ދޫކޮށް ދާނެހާ ހިތްވަރެއް ވެސް ނެތެވެ.

ކޮންމެއަކަސް އަދްޔަން އެ ގޮތަށް ކަންތައް ކުރުމުން އަހަރެންްގެ މާޒީގެ ހިޔަނި އަހަރެންގެ ހަޔާތައް އެޅެންފެށިއެވެ. އެދުވަހު އަޔާން ކަންތައް ކުރިގޮތާ މިއަދު ޒައިދާން އަހަރެންނާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔަ ގޮތުގެ ސަބަބުން އަހަރެން ނިދިން މަހްރޫމް ވިއެވެ. އަބަދުވެސް އޮވެވެނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ. ޑިއުޓީނިންމުމަށްފަހު ކެއިންބުއިމެއް ނެތި ކުރެވެހާ ވެސް ކަމަކީ އަހަރެންނަށް މިފަދަ ކަންތައް ކުރިމަތިވާން ދިމާވީ ސަބަބާއިމެދު ވިސްނައި ފިކުރުކުރުމެވެ. އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ. ބޯހިތެއްވެސް ނުވެއެވެ. އެހެންނަމަވެސް އަހަރެންގެ ވަޒީފާ އަހަރެން ނުކައި ނުބޮއި ހުރެ ކުރާނެ އަސަރަކާއި މެދު ވިސްނައި ގަޑިން ގަޑިއަށް ގަދަކަމުން ނަމަވެސް ކޮންމެވެސް މިންވަރެއް ކަމެވެ.

ހޮސްޕިޓަލަށް އެދުވަހު ކުރީގައި ހޮސްޕިޓަލް ގައި މަސައްކަތް ކުރި ޑޮކްޓަރެއް ސްޕެޝަލައިޒް ވެގެން އަންނަން އުޅޭ ކަމުގެ ހަބަރު ވަނީ ލިބިފައެވެެ. އަދި އޭނާ އާއިއެކު އަލަށް ޖޮއިން ކުރި ޑޮކްޓަރުންނާށް ބައްދަލްވުމެއް އޮތުމުން ތައްޔާރުވެލައިގެ ދިޔައީ މީޓިންގް ރޫމަށެވެ. އަހަރެން ވަންނަން ވެގެން ގޮސް ދޮރުހުޅުވުމުން ކޮންމެވެސް މީހެއްގެ ބޮލުގައި ޖެހުނުހެން ހީވިއެވެ. ވަގުތުން މާފަށް އެދުނީމެވެ. ނުފެންނަ މޫނެއް ކަމުން އެއީ އަލަށް ޖޮއިން ކުރި ޑޮކްޓަރު ކަން އެނގުނެވެ. އަނެއްކާވެސް މާފަށް އެދުމަށްފަހުގައި ގޮޑީގައި އިށީދެލީމެވެ.

އާއިދް... އޭނާ އަމިއްލަ ނަފްސުގެ ކުޑަކުޑަ ތަޢާރަފެއް ދިނެވެ. އިސްޖަހައިގެން ހުރުމަށް ފަހުގައި އިސްއުފުލާ ބަލައިލިއިރު އޭނާގެ ނަޒަރު އަހަރެންނަށް ހުއްޓިފައިވާކަން އެނގުނެވެ. އަނެއްކައިވެސް އިސްޖަހައިލީމެވެ. މީޓީންގް ނިންމުމަށްފަހުގަައި ދާންވެގެން ގޮސް ދޮރުގައި ހިފައިލުމާއެކު ފަހަތުން މީހަކު ގޮވާލި އަޑުއިވުނެވެ. އަހަރެން އެނބުރި ބަލައިލިއިރު އޭނާގެ ހޫނު ނޭވާވެސް އިހްސާސް ކުރެވޭހާ ގާތުގައި އާއިދް ހުއްޓިހުރުމުން ބޭއިހްތިޔާރުގައި ލޯމަރައިލެވެނުވެ. އޭނާ ދުރަށް ޖެހިލި ކަން ޔަގީން ވުމާއެކު އަހަރެން ލޯހުޅުވައިލީމެވެ. "ހާއި ނައިސް ޓު މީޓް ޔޫ... ސޮރީ ފޯރ ދެޓް.."

އަހަރެން އާއިދް އަށް ރައްދުގައި ހިނިތުނުވުމެއް ދިނުމަށްފަހުގައި ނިކުތީ އަހަރެންގެ ޝިފްޓްގަޑިއަށް ނުވާތީ ގެއަށް ދިއުމަށެވެ. އެވަގުތު އެހެންދިޔަ ސައިކަލަކުން ދިޔަ ދެޒުވާނަކު ދިޔައީ އަހަރެންގެ އަތުގައި އޮތް ފޯނު ޖަހައިގަނެގެންނެވެ. އަހަރެންނަށް ބޭއިހްތިޔާރގައި އަހަރެންގެ ފޯނޭ ކިޔައި ހަޅެލަވައިގަނެވުނެވެ. އޭރު ސައިކަލް ސްޓާރޓް ކޮށް ކޮށްހުރި އާއިދް ވަރަށް ބާރަށް ސައިކަލް ދުއްވާލިއެވެ. އަދި ގޮސް އަހަރެންގެ ފޯނު ފޭރިގެން ދިޔަ ސައިކަލްގެ ފަހަތުގައި ގޮސް ޖައްސައިލުމުން ކައިރީގައި އޮތް ވިނަ ގަނޑުމައްޗައް ސައިކަލުގައި ތިބި މީޙުން ވެއްޓުނެވެ. އަދި އާއިދް ވެސް ވެއްޓުނެވެ.

އެހެންނަމަވެސް ކޮޅަށް ތެދުވެ އަހަރެންގެ ފޯނު އެ މީޙުންގެ އަތުން ހޯދައި އަހަރެންނަށް ރައްދުކުރިއެވެ. އޭރު އާއިދް ގެ އުޅަބޮށީގައި ހުރި ފާރުގަނޑު ފެނުމުން އޭނާގެ އަތުގައި ހިފައިގެން ހޮސްޕިޓަލްތެރެއަށް ވަދެގެން ދިޔައީ އެތަނަށް ފަރުވާ ދިނުމަށެވެ. ގޮސް އެތެރެއަށް ވަންއިރު އޭރު އެމްބިއުލާންސް ކައިރި ކުރަނީއެވެ. އެވަގުތު އީއާރް ގައި އަހަރުމެން ދެމީޙުން ފިޔަވައި އިތުރު ތެ ޑޮކްޓަރުން ތިބުމުން އަހަރެން ފުރަތަމަ އާއިދް ގެ އަތުގައި ބެންޑޭޖް އަޅައިދިނީމެވެ. އޭރުވެސް އޭނާގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ވިކަން އަހަރެންނަށް އެނގެއެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ދެމީޙުން ވެސް އަވަސްވެގަތީ އެވަގުތު އީއާރް އަށް ގެނައި ދެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށެވެ.

ދަމާލައިފައިވި ފޮތިގަނޑު އާއިދް ކަހައިލައި އެެތެރެއަށް ވަނުމުން އަހަރެންވެސް އާއިދް ފަހަތުން ގޮސް ވަނީމެވެ. އަހަރެން ހުއްޓުން އެރީ އަހަރެންގެ ކުރިމަތީޙުރި އެދުގައި އެތަކެއް ޒަހަމް ތަކަކާއެކު ލެއިން ތައްތެޅިފައި އޮތް ޒުވާނާ ފެނިއެވެ. ވަށައިގެންވި މާޙައުލު ނުސާފުވާން ފެށިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. މަޑުމަޑުން ކައިރީގަިއ ހުރި އާއިދް ގެ އަތުގައި ހިފައިލެވުނީ ވެއްޓޭޙެން ހީވާންފެށުމުންނެވެ.

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.