ނޯވޭގެ ބޯޓު ވައިކިންގްމާސް

ދުނިޔެ

ލަންކާ، ކޮވިޑް- 19 އަށް ފަހު ފުރަތަމަ ކްރޫޒް ޝިޕް ބަނދަރުކޮށްފި

ރާނިއާ - ލަންކާ | 19 ނޮވެންބަރު 2022 , ހޮނިހިރު 19:22   219

700 ފަތުރުވެރިންނާއި 450 ފަޅުވެރިންނާއި އެކު ނޯވޭގެ ކްރޫޒް ޝިޕެއް ކަމަށްވާ ވައިކިންގްމާސް ވަނީ އަހަރާއި ބައި ވަންދެން ކޮރޯނާ އާއި އިގްތިސާދީ ދަތިކަމަށް ފަހު އިއްޔެ 13:00 ގައި ކޮލޮމްބޯގެ ބަނދަރަށް އައިސްފައި ކަން މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ޕޯޓްސް، ޝިޕިންގް އެންޑް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރްޕަލާ ޑި ސިލްވާ އަދި ޓުއަރިޒަމް މިނިސްޓާ ހަރިން ފަރްނާންޑޯގެ އިތުރަށް ވެސް ބޭފުޅުން ވަނީ ބަނދަރުގެ ފަސިންޖަރުން ޖެޓީއަށް ވަނީ ވަޑައިގެންފައެވެ.

އިންޑިއާގެ ގޯއާ އިން އައިސްފައިވާ މި ބޯޓު ކޮލަމްބޯ ބަނދަރުގައި 24 ގަޑިއިރަށް ބަނދަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް ބޭނުންވާ ކަސްޓަމްސް، އިމިގްރޭޝަން އަދި ޑިއުޓީ ޝޮޕިން ކޮމްޕްލެކްސްގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރު ބަނދެފަ އޮތް މި ބޯޓަކީ 6.7 މީޓަރަށް ފުން، 229 މީޓަރު ދިގު އަދި 32 މީޓަރު ފުޅާ ބޯޓެކެވެ.

ނޯވޭގެ ދިދަ ޖަހާފައިވާ މިބޯޓު ލަންކާގެ ކޮލަމްބޯ ބަނދަރަށް އައީ އިންޑިއާގެ ގޯއާގެ މާމަގާއޯ ބަނދަރުންނެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.