ޑީސެލް ލުބުމުގެ ދަތިކަން، ދުނިޔޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއq

ވިޔަފާރި

ޑީސަލް ލިބުމުގެ ދަތިކަމާއި އެކު މުޅި ދުނިޔެ ހުއްޓުމަކަށް އައުމުގެ ބިރު ހީވެއްޖެ

ރާނިއާ - ދުނިޔެ | 22 ނޮވެންބަރު 2022 , އަންގާރަ 14:02   287

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ހަކަތަ މާކެޓްތަކެއްގައި ސަޕްލައި މަދުވުމުގެ ސަބަބުން އަގުތައް އުފުލި، މުޅި ދުނިޔެއަށް ޑީސަލް ލިބުމުގެ ނުރައްކަލާއި ކުރިމަތިލާން ޖެހޭނެކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ޑީސަލް ލިބުން ދަތި ދަނޑިވަޅެއްގައި މިތަކެތި ވިއްކާ ތަންތަނުގައި، އަގު ބޮޑު ވުމުގެ އިތުރުން، ކުރިއަށް އޮތް ފިނި މޫސުމުގައި މީހުން ގެތައް ހޫނުކުރަން ބޭނުން ކުރާނެ ތަކެތީގެ ސަބަބުން ކަރަންޓު ބިލުތައް ވެސް ބޮޑު ވެގެންދާނެއެވެ. އެމެރިކާގައި އެކަނިވެސް ޑީސަލްގެ އަގު ބޮޑުވުމުން އިގްތިސާދަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ރައިސް ޔުނިވާސިޓީގެ ބޭކަރ އިންސްޓިޓިއުޓް އޮފް ޕަބްލިކް ޕޮލިސީގެ 'އެނާޖީ ފެލޯއެއް' ކަމަށްވާ މާކް ފިންލީ ވަނީ ވިދާޅުވެފައެވެ.

ތެޔޮ ސާފުކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޮޑު ހުރަސްތަކެއް އެބަހުއްޓެވެ. ސާފުނުކުރާ ތެލުގެ ސަޕްލައި މިހާރުވެސް ފުދޭވަރަކަށް ދަށްވެފައިވި ނަމަވެސް، ރޯ ޑީސަލާއި ގޭސް ފަދަ ހަކަތައަށް ބަދަލުކުރުމަށް މިހާރަށްވުރެ ދަށްވެގެން ދާނެއެވެ. ފޮސިލް ފިއުލްތަކާއި ދުރަށް ދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންވެސް މިދާއިރާއަށް ލިބެމުންދާ އިންވެސްޓްމެންޓުތައް ވެސް ވަނީ މަދުވެފައެވެ.

2020 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރިފައިންކުރުމުގެ ކެޕޭސިޓީ ދުވާލަކު އެއް މިލިއަނަށް ވުރެ ގިނަ ފީފާއަށް ވަނީ ކުޑަވެފައިވެއެވެ. ހަމައެހެންމެ ޔޫރަޕްގައި ކަނޑުމަގުން ތަކެތި އުފުލުމުގައި މަސައްކަތްތެރިންގެ ހަޅުތާލުތަކުގެ ސަބަބުން ވެސް މިތަކެތީގެ ސަޕްލައިއަށް އަސަރުކޮށްފައިވެއެވެ.

ދުނިޔޭގެ ގައުމުތައް ތެލަށް ޖެހިފައިވުމުގެ ސަބަބުން ޗައިނާ އާއި އިންޑިއާ ފަދަ އެކްސްޕޯޓަރުންނަށް ބޮޑު ޕްރީމިއަމްތަކެއް ދައްކަން ޖެހޭ ޔޫރަޕްގެ ގައުމުތަކަށް މުދާ ފޮނުވުމަކީ ފައިދާ ބޮޑު ކަމެކެވެ. ޗައިނާއިން ޖުމްލަ ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދުވާލަކު 500،000 ފީފާ އިތުރުވެފައިވާ އިރު، އަހަރު ނިމޭއިރު 1.2 މިލިއަން ފީފާ އެކްސްޕޯޓު ކުރެވޭނެ ކަމަށް މިސިނާއަތުގެ ކޮންސަލްޓަންޓް އެފްޖީއީ އިން ވަނީ ބުނެފައެވެ.

ޓެގްސް: ތެލުގެ އަގުތައް ތެޔޮ ހަކަތަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.