ޔޫކްރައިނ ރައްޔިތުން ނިކުމެ މަގުތަކުގައި މުޒާހިރާ ކުރަނީ

ދުނިޔެ

ރަޝިއާ އިން ފަހަތަށް ޖެހޭތަނެއް ނުފެނޭ: ނޭޓޯ

އަލީ އަޒްޔަން - ކ. މާލެ | 16 ފެބުރުއަރީ 2022 , ބުދަ 19:22   356

ނޭޓޯގެ ސެކެޓްރީ ޖެނެރަން ޖެންސް ސްޓޮލްޓެންބާގް ހާމަ ކުރައްވާފައިވާގޮތުން، ރަޝިޔާ އިން ބުދަ ދުވަހު ސިފައިންގެ ބައެއް ފައުޖުތަކާއި ބައެއް ހަތިޔާރު ބޭސްތަކަށް ގެންދަން ބުދަ ދުވަހު ބުނި ނަމަވެސް، އަދިވެސް އެކަން އެގޮތަކަށް ކޮށްފައި ނުވާ ކަމަށެވެ. އަދި މޮސްކޯ އިން ދޫދެމުންދާ ކަމުގެ ހެކި ފެންނަން ނެތް ކަމަށެވެ.

އެމެކާގެ ރައީސް ޖޯ ބައިޑަން ޓީވީ މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރަޝީއާ އިން ފައުޖުތައް ގެންދާ ވާހަކަ ޔަގީން ކުރެވިފައި ނުވާކަމަށެވެ. އަދި ކުރިން 100،000 ސިފައިން ކްރައިމިއާ ގައި ތިބިކަމަށް ބެލެވުނު ނަމަވެސް މިހާރު އެޢަދަދު އެއަށްވުރެ މާބޮޑުތަން ބޮޑުކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން 150،000 ގާތްކުރާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.

ޖޯ ބައިޑަން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރަޝީއާއިން ޔޫކްރެއިން އެއްވެސް ސިފައެއްގައި ހަމަލާ ދީފި ނަމަ ވަރަގަދަ އަށް ރައްދު ދެއްވާނެ ކަމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.