ރިޝީ ސުނާކް ވަނީ އިނގިރޭސިވިލާތުން ޔޫކްރޭނަށް ތާއީދު ކުރައްވާނެކަން ތަކުރާރުކޮށް ބުނެފައި

ދުނިޔެ

ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ބޮޑު ތަގުރީރުގައި ޗައިނާއާއި ރަޝިޔާއާ ދެކޮޅަށް ތެދުވާނެ ކަމަށް ސުނަކް ވައުދުވެވަޑައިގެންފި

ރާނިއާ - ޔޫރަޕް | 30 ނޮވެންބަރު 2022 , ބުދަ 00:06   131

'ސްޓޭޓަސް ކުއޯ' އިހްތިޔާރު ނުކުރާނެ ކަމަށާއި، ވާދަވެރިންނާއި އުދުވާނީ މީހުންނާއި މުއާމަލާތް ކުރާއިރު "އެދުންވެރި ވިސްނުމަކުން ނުފުދޭނެ" ކަމަށް ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ބޮޑު ތަގުރީރުގައި އިންގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ ވިދާޅުވާނެއެވެ.

މިދިޔަ ފަސް އަހަރު ދުވަސްވީއިރު އިނގިރޭސިވިލާތާއި ޗައިނާއާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވި ކަމުގައި ވިޔަސް، މި މަހުގެ ކުރީކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މަޝްވަރާ ކުރަން ބޮޑުވަޒީރު އުޅުއްވާތީ އިނގިރޭސިވިލާތުގެ ބައެއް މަޖިލިސް މެންބަރުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވައިޒީރަށް އަމާޒުވެފައެވެ.

ލަންޑަންގެ ގިލްޑްހޯލްގައި ވާހަކަފުޅު ދައްކަވަމުން ސުނާކް ދަލީލު ކުރައްވާނީ ވަރުގަދަ ދާޚިލީ އިގްތިސާދެއްގެ ސަބަބުން ކުރިއެރުން ލިބޭ "ޑައިނަމިކް" ޚާރިޖީ ސިޔާސަތަކަށެވެ.

ބޮޑުވަޒީރު ލޯޑް މޭޔާސް ބެންކެޓްގައި ވިޔަފާރިވެރިންނާއި، ބައިނަލްއަޤްވާމީ އިއްޒަތްތެރިންނާއި، ޚާރިޖީ ސިޔާސަތުގެ ތަޖުރިބާކާރުންނާ ވާހަކަފުޅު ދައްކަވާނެއެވެ.

ސުނާކް އަންނަނީ އޭނާގެ ކުރިން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުންގެ ވެރިކަމުގައި އުފެދުނު ހަލަބޮލި ދުވަސްވަރުތަކާއި ހިލާފަށް މަޑުމައިތިރި އަދި ވިސްނުންތޫނު ވަލީއަހުދެއްގެ ގޮތުގައި ދައްކަވަން މަސައްކަތް ކުރަމުންނެވެ. ނަމވެސް ކީވްގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާއި ބައްދަލުކުރެއްވުމަށް ފަހު ވްލަޑިމިއާ ޕުޓިންގެ ހަނގުރާމައާއި ދެކޮޅަށް ތިބުމަށް އެމީހުންކޮށްފައިވާ ވައުދު ދަމަހައްޓަވާނެ ކަމަށް ސުނާކް ވަނީ ވިދާޅުވެފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.