ބެއިޖިންގްގައި ޕްރޮޓްކްޓިކވް ގިއާ އަލަިގެން ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިން

ވިޔަފާރި

ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތު އަލުން މުރާޖާކުރުމުން އިގްތިސާދު ކުރިއަރާއިފާނެ ކަމަށް އައިއެމްއެފް އިން ގަބޫލުކުރޭ

ރާނިއާ - އޭޝިއާ | 5 ޑިސެންބަރު 2022 , ހޯމަ 16:38   340

ޗައިނާގެ ޒީރޯ ކޮވިޑް ޕޮލިސީތަކަށް ދީފައިވާ ލުއިތަކަށް ފަހު 2023 ވަނަ އަހަރު ޗައިނާގެ އިގްތިސާދީ ކުރިއެރުން އިތުރުވެދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ކަމަށް އައިއެމްއެފްގެ ތަރުޖަމާނަކު ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.

ޝަންގްހާއީ އަދި ޗައިނާގެ އެހެން ސަރަހައްދުތަކުގައި ޗައިނާއިން ކޮވިޑް-19 އާއި ދެކޮޅަޑް ގެންގުޅުނު ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ކުރީކޮޅު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ އެތެރޭގެ އިގްތިސާދީ ހަރަކާތްތައް ދަށްވެ، ސަޕްލައި ޗޭން މެދުކެނޑުމުގެ ސަބަބުން އެހެން ގައުމުތަކަށް ވެސް އަސަރުކޮށްފައިވާ ކަމަށް ރޮއިޓާސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވި އެވެ.

ބުދަ ދުވަހު ޗައިނާގެ ގުއަންގްޖޫ އާއި ޗޮންގްޗިންގް ސިޓީތަކުން ވަނީ ދުނިޔޭގެ އެންމެ ހަރުކަށި ކޮވިޑް-19 ރިސްޓްރިކްޝަންތަކާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް ދެކުނު ގުއަންގްޖޫގައި މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކޯވިޑް ފެތުރުން ހުއްޓުވުމަށްޓަކާއި އަޅާފައިވާ ފިޔަވަޅުތަކައް ލުއިތަކެއް ދީފައިވާކަން އިއުލާންކުރިއެވެ.

އައިއެމްއެފް އިން ލަފާކުރި ގޮތުގައި 2022 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 3.2 އިންސައްތަ ކުރިއަރާއި، 2023 ވަނަ އަހަރު 4.4 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރި ނަމަވެސް، މިހާރު ނުރައްކާތައް މަތިވެފައިވާތީ "ޑައުންގްރޭޑް" ވެދާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޗައިނާގައި ތާޒާ ބަލިމަޑުކަން ފެތުރިގެން ދިއުމުން ކައިރި މުސްތަގުބަލެއްގައި ހަރަކާތްތެރިކަމަށް ބަރުދަން އަރާފާނެ ކަމަށް އައިއެމްއެފްގެ ތަރުޖަމާނު ވަނީ އިންޒާރު ދީފައެވެ. އެހެން ނަމަވެސް ބަދަލްކޮށްފައިވާ ކޮށްފައިވާ ސިޔާސަތުތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދީ ކުރިއެރުން އަންނަ އަހަރު ބޭސްލައިންގެ ދަށުން އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއީ އަނެއްކާވެސް ދަތި އަހަރެއްގައި ދުނިޔޭގެ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އައިއެމްއެފްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.