އަގު ކަނޑައެޅުމާއި ގުޅުންހުރި އާ ތަރައްގީއެއް އައިސްފައިވަނީ އެޕަލްއާއި މަސްކްއާއި ދެމެދު އޮޅުން ބޮޅުން ބޮޑުވިތާ ދުވަސްތަކެއް ފަހުން

ޓެކްނޯލޮޖީ

ޓްވިޓާ އިން ޓްވިޓާ ބްލޫ އަލުން ލޯންޗު ކުރާއިރު އައިފޯން ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ފައިސާ ދައްކަން ޖެހޭ

ރާނިއާ - ދުނިޔެ | 20 ޑިސެންބަރު 2022 , އަންގާރަ 10:48   195

މައިކްރޯބްލޮގިން ސައިޓް ޓްވިޓާ އިން ސަބްސްކްރިޕްޝަން ބޭސް ސާވިސް ޓްވިޓާ ބްލޫ އަލުން ތައާރަފްކޮށްފައިވާއިރު، ސަބްސްކްރައިބަރުންނަށް ވެރިފިކޭޝަން ބެޖާއި އެހެނިހެން ހާއްސަ ފީޗާސްތައް ޓްވިޓާ ބްލޫ މެދުވެރިކޮށް ލިބިގެންދާނެއެވެ.

އިލޮން މަސްކް ކުރިން ސަބްސްކްރިޕްޝަން ޗާޖުގެ ގޮތުގައި މަހަކު 8 ޑޮލަރު އިއުލާން ކުރި ނަމަވެސް، ރީލޯންޗް ކުރުމުގައި އައިފޯން ބޭނުންކުރާ ފަރާތްތަކުގެ އަތުން އިތުރު 3 ޑޮލަރު ނަގާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ޓްވިޓާ އިން ބުނާ ގޮތުގައި އައިފޯން ބޭނުންކުރާ މީހުން އިތުރަށް ފައިސާ ދައްކާން ޖެހޭ ސަބަބަކީ އެޕަލްގެ އައިއޯއެސް ޕްލެޓްފޯމްގައި އެޕަލް އިން ޓްވިޓާ އަތުން ނަގާ އިތުރު ޗާޖުތަކުގެ ސަބަބުންނެވެ.

ނަމަވެސް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓްވިޓާ ބްލޫއަށް އިތުރު ފީއެއް ނުނަގައެވެ. ހަމައެހެންމެ ވެބް މެދުވެރިކޮށް ސަބްސްކްރައިބް ކުރާ އައިފޯން ބޭނުންކުރާ ފަރާތްތަކަށްވެސް އާންމު ޗާޖުގެ ގޮތުގައި 8 ޑޮލަރު ދެއްކޭނެ ކަމަށް ޓްވިޓާއިން ފާހަގަކުރި އެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކަށް އިތުރު ޗާޖެއް ނަގަން މެދުވެރިވި ސަބަބަކީ އައިއޯއެސްގެ އޮޕަރޭޓިން ސިސްޓަމް އެޕްތަކުން ލިބޭ އާމްދަނީގެ 30 އިންސައްތަ ކުޑަކުރުމުގެ ނަތީޖާ އެކެވެ.

މިދިޔަ މަހުގެ ފަހުކޮޅު މަސްކް ވަނީ އެޕަލްގެ ޕްލެޓްފޯމްގައި ކުރާ މުއާމަލާތްތަކުގެ ކޮމިޝަންތަކާއި ގުޅިގެން ފާޑުކިޔާފައެވެ. އެޕަލް އިން އެޕަލްގެ އެޕް ސްޓޯރުން ޓްވިޓާ ނައްތާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް ވާހަކަތައްބ ވަނީ އޭރު ފެތުރިފައެވެ.

އެހެންކަމުން އެޕަލްގެ ސީއީއޯ ޓިމް ކުކްއާއި އެކު ކެލިފޯނިއާގެ ކޫޕާޓިނޯގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމަކާއި ގުޅިގެންނެ މަސްކް ވަނީ އެފާޑުކިޔުންތަކައް މައުފަށް އެދިފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.