ޓިކްޓޮކްގެ އިސްތިހާރެއް

ޓެކްނޯލޮޖީ

ޓިކްޓޮކް އަށް ވީޑިއޯ އަޕްލޯޑް ކުރެވޭ ސައިޒް ބޮޑުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 5 މާރޗް 2022 , ހޮނިހިރު 17:05   212

ޗައިނާ އަށް އުފަން ވީޑިއޯތަކަށް ޚާއްސަ ސޯޝަލްމީޑިއާ ޕްލެޓްފޯމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެޕެކެވެ. އަދި ދިވެހިންގެ ތެރޭގައި ވެސް އެހާމެ މަގްބޫލުކަން ބޮޑެވެ.

ޗައިނާއިން ބޭރަށް 2016 ވަނަ އަހަރު ނިކުތް ޓިކްޓޮކް ފުރަތަމަ 100 ދުވަސް ތެރޭއެކަނި ވެސް ބޭނުންކުރާ މީހުންގެ ޢަދަދު 100 މިލިއަން އެރުވިއެވެ. 2020 ވަނަ އަހަރު ނިމުނު އިރު 3 ބިލިއަނަށް ވުރެ ގިނަ މީހުން މިއެޕް ބޭނުން ކުރެއެވެ. މިއީ ފޭސްބުކަށް ފަހު އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވާ އެޕް ވެސް މެއެވެ.

މިދިޔަ ހަފްތާ ތެރޭގައި ޓިކްޓޮކް މަސައްކަތް ކުރާގޮތަށް ބަދަލުތަކެއް ގެންނަން އެކުންފުނިން ވިސްނައި އަޕްލޯޑް ކުރެވޭ ވީޑިއޯތަކުގެ ދިގުމިން ވަނީ ބޮޑުކޮށްފައެވެ. މިގޮތުން މިހާރު ޓިކްޓޮކަށް 10 މިނެޓާއި ހަމަޔަށް ދިގު ވީޑިއޯތައް ލެވެއެވެ. ބެލެވޭ ގޮތުގައި މިގެނެވުނު ބަދަލަކީ ވީޑިއޯ ޕްލެޓްފޯމް ޔޫޓިއުބާއި ވާދަކުރަމަށްޓަކައި ގެނެވުނު ބަދަލެކެވެ.

މިފީޗާރ މިހާރު ބައެއް އެކައުންޓުތަކަށް ދޫކުރަން ފަށާފައިވާއިރު މިގެނެވުނު ބަދަލު ނޮޓިފިކޭޝަނެއްގެ ގޮތުގައި ލިބޭނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.