ޗައިނާގެ ޔޫނިއަންޕޭގެ އިސްތިހާރެއް

ވިޔަފާރި

ޗައިނާގެ ޔޫނިއަންޕޭ ރަޝިޔާގެ ބޭންކްތަކުން ބޭނުންކުރަން ފަށަނީ

އަލީ އަޒްޔަން - ޔޫރަޕް | 6 މާރޗް 2022 , އާދީއްތަ 15:20   402

މިވަގުތު ރަޝީއާ އާއި ޔޫކްރޭން އާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި ހެދި ދުނިޔޭގެ ބޮޑެތި ބާރުތަކުން ރަޝިޔާގެ މާލީ ނިޒާމަށް އަޅާފައިވާ ދަތިތަކާއި ހެދި ރަޝިއާގެ ބޭންކުތަކުން ޗައިނާގެ ޔޫނިއަންޕޭ ޕޭމެންޓް ސިސްޓަމް ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

ވިސާ އަދި މާސްޓާރ ކާޑު ރަޝިއާގައި ޚިދުމަތް މެނދުކަނޑާލި ވާހަކަ އިޢްލާން ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޗައިނާގެ ބޭންކުތަކުން މިކަން ވަނީ އިޢްލާން ކޮށްފައެވެ. ވިސާ އަދި މާސްޓަރ ކުންފުންޏަކީ ރަޝިއާއަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިތަކުގެ އެންމެ ފަހުން އިތުރުކުރެވުނު ބޮޅެވެ.

މީގެ ކުރިން އޮންލައިން ޕޭމެންޓް ސިސްޓަމް ޕޭޕަލް އާއި، މަޝްހޫރު މޫވީ ޕްލެޓްފޯމް ނެޓްފްލިކްސް އާއި، އިންޓެލް، އެއަރ ބީންބީގެ އިތުރުން، ޓެކްނޮލޮޖީ ކުންފުނިތައް ކަމުގައިވާ މައިކްރޯސޮފްޓް އަދި އެޕަލް ކުންފުނިން ވެސް ވަނީ ރަޝިއާގައި ޚިދުމަތް ދިނުން މެދު ކަނޑާލާފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.