ތިޔޭ މިހިތުގެ ވިންދަކީ...(4)

މުނިފޫހިފިލުވުން

ތިޔޭ މިހިތުގެ ވިންދަކީ...(4)

އަލްމާ - އެހެނިހެން | 24 ޑިސެންބަރު 2022 , ހޮނިހިރު 20:39   311

ހޭވެރިކަންވީއިރު ގާތުގައި ހުރި ގޮނޑީގައި އާއިދް އިށީނދެގެން ހުއްޓެވެ. ބޭއިހްތިޔާރުން އަހަރެންނަށް ގޮވާލެވުނީ އަދްޔަނަށެެވެ. ކައިރީގައި އަހަރެންގެ ހާލަތާއި މެދު ކަންބޮޑުވެެފައި ހުރި ޒުވާނާ ގާތުން އަހައިލެވުނީ އޭނާ ފަރުވާ ދިން ބަލިމީޙާގެ ހާލަތެވެ. އާއިދްގެ މޫނު ވަނީ ސުވާލުން ފުރިފައެވެ. އެހެންނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް ވެސް އަހަރެންގެ ހަށިގަނޑުގައެއް ނެތެވެ. އަހަރެން އެވަގުތު ބޭނުންވީ ވީހާވެސް އަވަހަކަށް އައިސީޔޫ ގައި އޮތް އަދްޔަން ގާތަށް ދާށެވެ. އަތުގައި ހަރު ކުރެވިފައިވި ކެނިއުލާ މަޑުމަޑުން ނައްޓައިލުމަށްފަހު އާއިދް އަށް ފަސްދީ ދާން ފެށުމުން އާއިދް ވާޙަކަ ދައްކަން ފެށިއެވެ.

"އޭނާގެ ހާލު އެހާ ރަނގަޅެއް ނޫން....... ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ސިކުނޑިއަށް ވަނީ ލޭއެޅިފަ... މިވަގުތު ނިއުރޮލޮޖިސްޓް އެއް ބަލަމުން ގެންދަނީ .... ހީ އިސް ވެރީ ކްރިޓިކަލް އިޓްސް ގޮއިން ޓު ބީ ނެކްސްޓު އިމްޕޮސިބަލް ފޯރ އަސް ތު ސޭވް ހިމް..ބަޓް ވީ އާރ ޑުއިންގް އަވަރ ބެސްޓް.."

އާއިދްގެ އެ ބަސްތަކުންް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. ޑޮކްްޓަރަކަށް ވެހުރެ އަހަރެންނަށް އަދްޔަން ސަލާމާތް ކުރަން ނުކުޅެދިފައި ވުމުންނެވެ. ލޯ ކަރުނުން ތެތްމާލީ އެފަދަ މަންޒަރެއް ދެކެން ޖެހިދާނެ ކަމަށް ހީވެސް ކުރެވިފައި ނެތުމުންނެވެ. މިއަދު އަދްޔަން އަކީ އެހެން މީހެއްގެ މިލްކަކަސް....އޭނާ އަހަރެންނާއިދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް މިއަދު ވެސް އަހަރެންގެ ހިތުގައި ޖަހަމުން ދަނީ މީގެ އެތައް އަހަރެއް ކުރިން އަދްޔަން ގެ ފުރަތަމަ ފެނިލުމުން ޖަހަން ފެށި ވިންދެވެ. މިއަދުވެސް އެދެމުން ދަނީ އަދްޔަން ގެ ލޯތްބަށެވެ. އަހަރެންގެ ހައްގުގައި އޭނާ ނެތް ކަމުގައި ވިޔަސް އަހަރެންނަކަށް އަދްޔަން ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކުރާ މަންޒަރު ދެކޭނާހާ ހިތަވަރެއް އަދި ހިތްމަތެއް ވެސް ނެތެވެ.

ވަރަށް ހިތްވަރާއެކު އައިސީޔޫ އަށް ވަންނަ ދޮރު ހުޅުވާލީމެވެ. ކުރިމަތީ އޮތް އެނދުގައި އޮތް އަދްޔަން ވަށައިލައިގެން ވީ ޑޮކްޓަރުންނާއި ނަރުހުންނެވެ. މަޑުމަޑުން ގޮސް އެތަނުން ޑޮކްޓަރެއްގެ ގާތުގައި މަޑުކޮށްލީމެވެ. ހޭވެރިކަންވެފައިވި އަދްޔަނަށް އަހަރެން ފެނުމާއެކީ މަޑުމަޑުން އަހަރެންނަށް ގޮވާލިހެންވެސް ހީވިއެވެ. އެމްއާރް އައި އަދި ސީޓީ ސްކޭން އަކަށް ކައިރީގައި ހުރި ޑޮކްޓަރު ރިކުއެސްޓް ކުރިއެވެ. އަހަރެންވެސް އެ ސްކޭންތަައް ހެދި ގަޑީގައި އަދްޔަންގެ މަގަތުގައި ހުރީމެވެ. އަދްޔަންގެ ދެލޯ ވީ އަަހަރެންނަށް ހުއްޓިފައެވެ. 2 ގަޑިއިރުގެ އިންތިޒާރަށް ފަހުން ދެ ސްކޭންގެވެސް ނަތީޖާ ލިބުނެވެ. ނާރސްގެ ބަދަލުގައި އެނަތީޖާ ހިފައިގެން ޑޮކްޓަރުގެ ގާތަށް ދިޔައީ އަހަރެންނެވެ. އަހަރެން ދިޔުމުގެ ކުރިން އާއިލާ މީޙުންނަށް އެތެރައަށް ވަނުމުގެ ހުއްދަ ދިނުމަށް އެވަގުތު އެތާ އިންޗާރޖް އަކަށް ހުރި ނާރސް ގެ ގާތުގައި ބުނެލީމެވެ.

"ޔޫ ސީ ދީޒް ސްމޯލް ޕަންކްޓޭޓް ހެމަރެޖެޒް.......ދީޒް ޝޯރޒްދެޓް ހީހޭސް ޑިފިއުސް އެކްޒޯނަލް އިންޖަރީ ދެއާރ އިޒް ހައި ޗާންސް އޮފް ހިމް އީދާރ ގޮއިންގް ޓު ލޫޒް ހިޒް މެމޮރީ އިންޓުު އަ ކޯމާ އޯރ....."

ޑރ. ރާޖޭޝްގެ ވާހަކަތައް އަހަރެންނަށް އަޑު އިވުނީ އެހާވަރަށެވެ. ދެން ފެނުނީ އޭނާ ވާހަކަ ދައްކާ ތަނެވެ. އަޑެއް ނީވެއެވެ. ވަށައިގެންވި މުޅި މާޙައުލު ހަމަހިމޭން ވިއެވެ. އަނެއްކާވެސް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. އެވަގުތު އަހަރެންގެ ކޮނޑުގައި އޯގާތެރި ދެއަތަކުން ހިފައިލިއެވެ. ކައިރީގައި ހުރި އާއިދް ގައިގައި ބާރަށް ހިފަހައްޓައިލެވުނީ ގަނެފައިވި ބިރެއްގެ ސަބަބުންނެވެ. އަހަރެންނަށް އެ ހަބަރު އަދްޔަންގެ އާއިލާ އަށް ދޭނެ ގޮތެއް ނޭގުނެވެ. އެ ހަބަރު ބަލި އެނދުގައި އޮތް އަދްޔަން އަށް ދޭނެ ގޮތެއް ވެސް ނޭގުނެވެ. އެވަގުތު އާއިދްގެ ބަސްތަކުން އިތުރު ހިތްވަރެއް ލިބުނެވެ. އެ ބަލީގައިވެސް ކޮންމެވެސް 5 މީހަކުން އެކަކު ސަލާމަތްވާ ފަހަރުވެސް އާދެއެވެ. އެހެންވުމުން އެ އެކަކަކީ އަދްޔަން އަށް ވުންވެސް އެކަށީގެން ވެއެވެ.

"ޒައި.." ފަހަތުން މަޑުމަޑުން މީހަކު ގޮވާލިއެވެ. ފަސް އެނބުރި ބަލައިލިއިރު އަދްޔަންގެ އެއްކަލަ އަންހެން ކުއްޖާ ހުއްޓެވެ.

"ދޮންބެ... ޒައި އެބަ...... ހޯދާ" ކެނޑެމުން ދިޔަ އެ އަންހެން ކުއްޖާގެ އަޑުން ވަރަށް ރޮއެފައިވިކަން އެނގުނެވެ. އަހަރެންގެ ލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. އަހަރެންނަށް އަދްޔަން ގެ ދޮންބެ އަކީ ކާކުކަން ވެސް ނޭނގެއެވެ. އޭނާ އަހަރެން ހޯދަނީ ކީކުރަން ބާވައެވެ. އަހަަރެން އާއިދް އަށް ބޭރުގައި ތިބި އަދްޔަން ގެ އާއިލާ މީޙުންނަށް އަދްޔަންގެ ހާލު ބަޔާން ކޮށް ދިނުމަށް އެދުމަށްފަހުގައި އެ އަންހެން ކުއްޖާގެ ފަހަތުން ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަމުން ގޮސް އައިސީޔޫ އަށް ވަނީމެވެ. އަދި އެވަގުތު އަދްޔަން ގެ އެނދުކައިރީގައި އިތުރު އެއްވެސް މީހަކު ނެތުމުން ސުވާލުން ފުރިފައިވި ނަޒަރަކުން އެ އަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލެވުނެވެ.

އެވަގުތު ޒައި އޭކިޔާފައި އޮކްސިޖަން މާސްކާއި އެކުގައި އޮތް އަދްޔަން ގޮވައިލިއެވެ. އަހަރެންނަށް އެއްފަހަރުު އަދްޔަންގެ މޫނަށް އަނެއް ފަހަރު ކައިރީގައި ހުރި އަންހެން ކުއްޖާގެ މޫނަށް ބަލައިލެވުނެވެ. އަހަރެންނަށް އެފަދަ ބޮޑު ކުށްހީ އެއް ކުރެވުނީތި ލަދު ގަތެވެ. އެހައި ބޮޑު ތުހުމަތެއް އަދްޔަންގެ ބޮލުގައި އެޅުވުނު ކަމަށްޓަކައި ލަދުގަތެވެ. އަދްޔަން ނުކުރާ ކުށެއްގެ ސަޒާ މިއަދާ ޖެހެންދެން ދެވުނު ކަމަށްޓަކައި ދެރަވެ މާޔޫސްވިއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އެއްކޮޅުން އަދްޔަންގެ ސިއްހީ ހާލަތެވެ. އަނެއްކޮޅުން އަދްޔަންގެ ބޮލުގައި އެޅުވުނު އިލްޒާމެވެ. ދެފަރާތުގައިވެސް ވީ މާޔޫސް ކަމެވެ. ހިތްދަތި ކަމެވެ. އަހަރެން އެވަގުތު ބޭނުންވީ އެކަނި ވެލަން ކަމުން އަދްޔަން އަށް ހިތް ނޭދޭ ހާލުގައިވެސް ވަގުތީ އަލްވަދާޢު އަކު އަލްވަދާއު ކީމެވެ. ފަހުން އަންނާނެ ކަމަށް ބުނެ ދިޔައީމެވެ. ގެއަށް ދިޔުމަށްފަހު ފާޙަނައަށް ވަދެ ޝަވަރު ޖެއްސުމަށްފަހު އަހަރެންގެ ހަޔާތާއި މެދު ވިސްނާލެވުނެވެ. ވިއްސިވިހާލި ވުމާއި ގާތްވެފައިިވި އަހަރެންގެ ދިރިއުޅުން އެއްކުރާނެގޮތެއް ވިސްނާ ވިސްނާ ނޭގުނެވެ. ހިތުގެ ޑޮކްޓަރެއް ކަމުގައި ވިނަމަވެސް މިއަދު އަހަރެންގެ ހިތުގައި އަޅަމުންދިިޔަ ވޭނަކަށް ވަމުންދާ ތަދަކަށް ދޭނެ ފަރުވާ އެއް ނެތެވެ. ގޮތްހުސްވެ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. އޮށޯވެލީ ރޭގަނޑުގަޑީގައި ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިތަށް އަދި ސިކުނޑިއަށް ލިބޭތޯއެވެ...

(ނުނިމޭ)

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.