އެމެރިކާގޭ އިންޓެލްކުންފުނީގެ ލޯގޯ ދައްކާލެވިފައި

ޓެކްނޯލޮޖީ

އިންޓެލް ކުންފުނިން މެލޭޝިއާގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 20 ޖެނުއަރީ 2023 , ހުކުރު 10:14   241

އެމެރިކާއަށް ނިސްބަތްވާ ކޮމްޕިއުޓަރ ޗިޕް އުފައްދާ ކުންފުނި، އިންޓެލް އިން މެލޭޝިއާގައި ވިޔަފާރިފުޅާކުރަމަށް އިތުރަށް އިންވެސްޓްކުރަން ނިންމައިފިއެވެ.

މިގޮތުން އެކުންފުނިން ވަނީ މެލޭޝިއާގެ ޕިނޭންގ، ކުލިމް، އަދި ކެޑާހ ގައި ޙަރަކާތްތައް އިތުރުކޮށް ފުޅާކުރުމަށް 30 ބިލިއަން މެލޭޝިއަން ރިންގެޓް ޚަރަދުކުރާނެކަމަށް ބުނެފައެވެ.

މިއިންވެސްޓްމެންޓްގެ ތެރެއިން 4،000 ވަޒީފާވެސް އުފެދިގެންދާނެކަމަށާއި، ޢިމާރާކުރުމަށް ވެސް އިތުރު 5،000 އެއްހާ މީހުން ބޭނުންވާނެކަމަށް މެލޭޝިއާގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ދާތުކް ސެރީ ޒަފްރުލް ޢަބްދުލް ޢަޒީޒު ބުނެފައިވެއެވެ.

އިންޓެލް އަކީ ދުނިޔޭގެ އެންމެ ބޮޑު ސެމި ކޮންޑަކްޓަރ ކުންފުންޏެވެ. އަދި އަދި މެލޭޝިއާގައި އެންމެ ފުރަތަމަ މިފަދަ ކަމަކަށް އިންވެސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނެއެވެ. އެކުންފުނިން ވަނީ 1972 އިން ފެށިގެން މެލޭގައި ވިޔާފާރި ފުޅާކުރަމުންނެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.