ނެޓްފްލިކްސް، ދުނިޔޭގެ އެކިކަންކޮޅުތަކުން ފިލްމާއި ޓީވީސީރީސް ގެނެސްދޭ އޮންލައިން ޕްލެޓްފޯމް

ޓެކްނޯލޮޖީ

ނެޓްފްލިކްސް، ޕާސްވޯޑް ޝެއަރކުރުން ހުއްޓުމަކަށް ގެންނަނީ

އަލީ އަޒްޔަން - ދުނިޔެ | 21 ޖެނުއަރީ 2023 , ހޮނިހިރު 08:50   437

ދުނިޔޭގެ އެކިކަންކޮޅުތަކުން ފިލްމާއި ޓީވީސީރީސް ގެނެސްދޭ އޮންލައިން ޕްލެޓްފޯމް ނެޓްފްލިކްސް އިން އަހަރުގެ ފުރަތަމަ ހަތަރުމަސް ނިމޭއިރު، ޕާސްވޯޑް ޝެއާރކުރުން ނުވަތަ ޙިއްޞާކުރުން ނިމުމަކަށް ގެންނާކަމަށް އެކުންފުނިން ބުނެފިއެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެތައް މިލިއަން މީހުންގެ މެދުގައި އޮންލައިންކޮށް އެކި ޤައުމުތަކުގެ ފިލްމާއީ ޓީވީ ސީރީސް ބެލޭގޮތަށް ހަދާފައިވާ މަޤްބޫލު ޕްލެޓްފޯމެކެވެ. މިއީ ދިވެހިންގެ ތެރޭގައިވެސް އެހާމެ މަޤްބޫލު ޕްލެޓްފޯމެކެވެ.

ނެޓްފްލިކްސް އިން މިފަދަ ނިންމުމެއް ނިންމަށް ތައްޔާރުވަމުންދަނީ، އެކުންފުންޏަށް ކުރިމަތިވަމުންދާ މާލީ ގެއްލުންތަކާއި ހެދިކަމަށް މީގެކުރިން އެކުންފުނިން ބުނެފައިވެއެވެ.

އެކުންފުނިން ގެންނަ ބަދަލުތަކުގެ ތަފްޞީލްތައް މަޗް މަސްތެރޭގައި ލިބެން ފަށާނެކަމަށް ބެލެވެއެވެ. އަދި ބެލެވޭގޮތުގައި، ޕާސްވޯޑް ޝެއާރ ކުރަން ބޭނުންވާނަމަ މިބަދަލާއިއެކު އިތުރު 3 ޑޮލަރު ދައްކަން ޖެހޭނެއެވެ.

ޓެގްސް: ނެޓްފްލިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.